ނިއު ދިއްލީ (މެއި 11) - އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ތަރި، އަރްޝްދީޕް ސިންގް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރަމުން އަންނަ ގޮތް ރަނގަޅުކުރަން އިންޑިއާގެ ކްރިކެޓް ބޯޑް، ބީސީސީއައި އިން އަންގައިފި އެވެ.
ބީސީސީއައި އިން މި ގޮތަށް އަންގާފައިވަނީ، އިންޑިއާގެ ގައުމީ ކްރިކެޓް ތަރިންގެ ފަރާތުން އަހުލާގީ ގޮތުން ފެންނަމުން އަންނަ ކަންތައްތަކާ ގުޅޭގޮތުން، ގިނަ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެ ގޮތުން، ދާދި ފަހުން އިންޑިއާގެ ބޯލަރު، ޔުޒްވެންދުރަ ޗާހާލް (ޔުޒީ)، ފްލައިޓެއްގެ ތެރޭގައި ވޭޕް ކުރަނިކޮށް އާންމުވި ވީޑިއޯއާ ގުޅިގެން ބީސީސީއައި އިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އަދި، މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ މެޗެއްގެ ތެރެއިން، ރާޖަސްތާން ރޯޔަލްގެ ރިޔާން ޕަރާގު، ޗޭންޖިން ރޫމުގެ ތެރޭގައި ވޭޕްކުރުމާ ގުޅިގެން ޖޫރިމަނާކޮށްފަ އެވެ.
ބީސީސީއައި އިން، އައިޕީއެލްގައި ޕަންޖާބް ކިންގްސް އަށް ކުޅެމުން އަންނަ، އަރްޝްދީޕަށް އަންގާފައިވަނީ، ސޯޝަލް މީޑިއާގައި ވްލޮގްކުރުން މަޑުޖައްސާލުމަށެވެ.
އުމުރުން 27 އަހަރުގެ އަރްޝްދީޕް އަކީ މަޖާ ކުރުމުގެ ގޮތުން، އެކިއެކި ވީޑިއޯ ހަދައި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޕޯސްޓްކުރާ ކުޅުންތެރިއެކެވެ. އޭނާގެ ވީޑިއޯތައް ގިނަ ނޫސްތަކަށް ވެސް އަރައި، ވައިރަލް ވަމުން އަންނައިރު، އޭގެ ސަބަބުން، ކުޅުންތެރިންގެ ޕްރޮފެޝަނަލް މިންގަނޑަށް އަސަރުކުރާ ކަމަށް ބަލައި، ބީސީސީއައި އިން އަރްޝްދީޕަށް އަަންގާފައިވަނީ، އެކަންކަން ރަނގަޅަށް މެނޭޖްކުރެވޭނެ ގޮތަަކަށް ކުރިއަށްގެންދިއުމަށް އަންގައިފަ އެވެ.
ބީސީސީއައިގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ބޯޑުން ވަނީ، އިންޑިއާގެ ގަައުމީ ލެވަލްގެ ކުޅުންތެރިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާން ޖެހޭ ގޮތް އެނގެންޖެހޭނެ ގޮތަށް އަހުލާގީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގައިޑްލައިނެއް ހެދިފައިވާ ކަމަށެވެ. އަދި، އެ މިންގަނޑުތަކާ ހިލާފުވާ ކުޅުންތެރިންނާ ބީސީސީއައި އިން ވާހަކަ ދައްކަމުންދާނެ ކަމަށް ވެސް އެ އޮފިޝަލް ވަނީ ބުނެފަ އެވެ.
އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ އަރްޝްދީޕް ސޯޝަލް މީޑިއާ ބޭނުން ކުރުން ކޮންޓްރޯލް ކުރަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ