ސޮއިކުރިތާ 6 މަސް، 55 ކައުންސިލް އިމާރާތް އަޅަން ހެކްސްޓާއާއެކުވި އެއްބަސްވުން ބާތިލު
ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމަށް މެލޭޝިޔާގެ ހެކްސްޓާ ކުންފުންޏާ ހަވާލުކުރި އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ. ހެކްސްޓާ ކުންފުންޏާ މަޝްރޫއު ހަވާލުކޮށް ސޮއިކުރީ، މި އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހެވެ. https://sun.mv/201606 މި އެއްބަސްވުމުގެ ދަށުން އަމަލީ މަސައްކަތް ނުފެށި އުޅެނިކޮށް، މިއަދު މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ އެއްބަސްވުން ބާތިލުކުރީ، ކައުންސިލުތަކުން ގެންނަން ބޭނުންވި ބަދަލުތައް ގެންނަން އެ ކުންފުނިން އެއްބަސްނުވުމުން ކަމަށެވެ. https://x.com/Adamshareefz/status/1941803408207323616 "55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ވަނީ ބާތިލްކޮށްފައި. އެއީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން. މިއެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހޭނެ," މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ކައުންސިލް އިމާރާތްތައް ބާވެ، ވީރާނާވަމުން އަންނަކަމަށް ބުނެ، ރަށު ކައުންސިލުތަކުގެ ކަންބޮޑުވުން ސަރުކާރަށް އަންނަނީ ހުށަހަޅަމުންނެވެ. އެހެންވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ އެމަނިކުފާނުގެ ޒާމަތުގައި 55 ކައުންސިލް އިމާރާތް އުމްރާނީ ގޮތުން ތަރައްގީ ކުރުމަށް ކަމަށް މީގެ ކުރިން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ