މާލޭގެ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައިވާ ބާޖަކުން ކޮންޓޭނަރުތަކެއް ރޭ ކަނޑަށް ވެއްޓި އޮޔާދާތީ ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
ފުލުހުން ބުނީ، ވިޔަފާރި ބަނދަރު ހިންގާ އެމްޕީއެލްގެ ކޮންޓެއިނަރުތަކެއް އޮޔާދާ ކަމުގެ މައުލޫމާތު އެ ކުންފުނީގެ ފަރާތުން ލިބުނީ ރޭގެ 11:10 ހާއިރު ކަމަށެވެ.
ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދު އާއި ފޭދޫފިނޮޅާ ދެމެދުން ކަމަށް ވާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށާއި ފަރުވާތެރިކަމާ އެކު ދަތުރުކުރުމަށް ފުލުހުން އިލްތިމާސްކުރި އެވެ.
އެއީ ކިތައް ކޮންޓެއިނަރުތަކެއް އަދި އޭގައި ހުރި ސާމާނުތަކާ ގުޅޭ ގޮތުން އަދި މައުލޫމާތެއް ނުލިބެ އެވެ.
މާލެ ސަރަހައްދަށް މިރޭ އިރާކޮޅުން ފެށިގެން ބޯކޮށް ވާރޭ ވެހެމުންދާއިރު، ކަނޑު ވެސް އާދަޔާ ހިލާފަށް ގަދަވެ، ވައި ވަރަށް ބާރެވެ.
މޫސުމާ ބެހޭ އިދާރާ މެޓުން ވަނީ ހއ. އިން އދ. އަތޮޅާ ހަމައަށް މިރޭގެ 12:15 އިން ފެށިގެން ފަތިހު 4:15 އަށް އަށް ރީނދޫ އެލާޓް ނެރެފަ އެވެ.
އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.
އެމްޕީއެލްގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި، ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ