ބާޖަކުން ވެއްޓުނު ކޮންޓެއިނަރުތަކެއް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ބާޖަކުން ވެއްޓުނު ކޮންޓެއިނަރުތަކެއް އޮޔާދާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓިފައިވާ ކަމަށެވެ. އަދި އެ ކޮންޓެއިނަރުތައް، އޮޔާދާ ކަމުގެ މައުލޫމާތު މިރޭ 23:10 އެހައިކަންހާއިރު، އެ ކުންފުނިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންވެ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން، އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ