ރާއްޖޭގެ ބޮޑު ބަޔަކަށް ޔޫޓިލިޓީގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަންގެ ވަޒީފާ އަށް ގިނަ އަދަދެއްގެ ޒުވާނުންނަށް ނެގުމުން މަސްވެރިކަމުގެ ސިނާއަތަށް އޭގެ ނުރަނގަޅު އަސަރުކުރި ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް (މުންދު) އިއްޔެ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގައި މެންދުރު ބޭއްވި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި، ފެނަކައިގެ ބައެއް މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދިނުމާ އެކު، ވަޒީފާ އިން އަމިއްލަ އަށް ވަކިވުމަށް ސަރުކާރުން ދިން ފުރުސަތާ ގުޅޭ ގޮތުން ސުވާލުކުރުމުން މުންދު ވިދާޅުވީ އެ ކުންފުނިން ޒުވާނުންނަށް ވަޒީފާ ދިނުން ޓްރެންޑަކަށް ހެދީ އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި ކަމަށެވެ. އަދި އެކަމުގެ އަސަރު މަސްވެރިކަމަށް ކުރި ކަމަށް ވިދާޅުވި އެވެ.
"މަހަށް ފުރަންޏާ ފަޅުވެރިން ބޭނުންވާނެ ދެއްތޯ. އެކަމަކު ބައެއް ރަށްރަށުގައި އޮޑިތައް ސަޕްލައި އުޅަނދުގެ ގޮތުގައި ރިސޯޓުތަކަށް ކުއްޔަށް ދޫކޮށްލާފައި، މަސްވެރިކަމުން ދުރަށް ދިޔަ، ވަރުގަދަ ކެޔޮޅުން އެބަތިއްބޭ ރަށްރަށުގައި،" އޭނާ ވިދާޅުވި އެވެ.
The most trusted news source in the Maldives
ދުރަށް ވިސްނުމެއް ނެތި ފެނަކަ އަށް ގިނަ އަދަދެއްގެ ޒުވާނުން ނެގުމުން، ކުދި ރަށްރަށުގެ އެހެން ސިނާއަތްތައް ހުއްޓުނުކަން ފާހަގަ ކުރައްވައި މުންދު ވިދާޅުވީ އެންމެ ބޮޑަށް އެކަމުގެ އަސަރު ކުރީ މަސްވެރިކަމަށް ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް މިދިޔަ ހަފްތާގައި ވަނީ މަސްވެރިކަމަށް ދިވެހިން ހޯދަން ދަތި ކަމަށް ވިދާޅުވެފަ އެވެ.
ފެނަކައިގެ ހަރަދުތައް ކުޑަކޮށް، މާލީ ގޮތުން ހަމަޔަކަށް އަޅުވަން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަމިއްްލަަ އަށް ރިޓަޔާކުރަން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތުދީ ހަތަރު މަހުގެ މުސާރައާ އެކު، ވަޒީފާއިން ވަކިވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
The most trusted news source in the Maldives
މުންދު ވިދާޅުވީ އެގޮތަށް ނިންމީ ކުއްލިއަކަށް މީހަކު ވަޒީފާއިން ވަކިކުރުމުން ދިމާވާނެ މައްސަލަތައް ހައްލު ކުރުމާއި ގާނޫނުގެ ތެރެއިން އެކަން ކުރުމަށް ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ ފެނަކައިގެ އަދި މިގޮތަށް ވަޒީފާ ދީފައި ތިބި ކުންފުނިތަކުން ވެސް ތިންބައިކުޅަ އެއްބައި މުވައްޒަފުން މަދުކުރާށެވެ.
ފެނަކައިގެ މާލީ ހާލަތަށް ބަލައި މީގެ ކުރިން އެ ކުންފުނިން ހިންގަމުން އައި ބައެއް އަތޮޅުތައް މިހާރު ވަނީ ސްޓެލްކޯއާ ވެސް ހަވާލުކޮށްފަ އެވެ.
ފެނަކައަށް ގިނަ އަދަދެއްގެ ޒުވާނުން ނެގުމުން މަސްވެރިކަމަށް ނުރަނގަޅު އަސަރުކުރި: މުންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ