ލޯބިވެރިންގެ މެދުގައި އެންމެ މަގުބޫލު ޖަޒީރާ ގައުމަކީ ރާއްޖެ ކަމަށް އެކްސްޕިޑިއާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ދުނިޔޭގެ މަޝްހޫރު އޮންލައިން ޓްރެވަލް އެޖެންސީއެއް ކަމަށްވާ އެކްސްޕީޑިއާގެ ތަފާސްހިސާބުތައް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ޖަޒީރާތަކުގެ މައުލޫމާތު މިއަދު އާންމުކުރީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޗުއްޓީއަށް ދަތުރުކުރާ މީހުންގެ ދަތުރުކުރުމުގެ ޑޭޓާގެ މައްޗަށް ބިނާކޮށެވެ.
ތަފްސީލް - އެ މައުލޫމާތަށް ބަލާއިރު ރާއްޖެއަށް ދަތުރުކުރަން އެންމެ އެކަށޭނަ ދުވަސްވަރަކީ މެއި މަހެވެ. އެގޮތުން:
އަހަރުން އަހަރަށް ބަލާއިރު ރާއްޖެ އަންނަން ޝައުގު ހުންނަ މީހުންގެ އެވްރެޖު %15 އިތުރު
އެންމެ މަގުބޫލު ރިސޯޓަކީ ޖުމައިރާ އޮޅަހަލި އައިލެންޑް މޯލްޑިވްސް
ރާއްޖޭގެ ރިސޯޓުތައް މީހުން ދިރިއުޅޭ ރަށްތަކާ ވަކިން އޮތުމާއި ލިބޭ ޕްރައިވެސީ އަކީ 'ރޮމޭންސް'އަށް އެންމެ ކަމުދާ މަންޒިލުގެ ގޮތުގައި ރާއްޖެ ބަލައިގަންނަ ސަބަބެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ވެސް ފަތުރުވެރިންގެ ތަޖުރިބާއާ އެކު އެކްސްޕީޑިއާ އިން ފާހަގަކޮށްފައިވެ އެވެ. އެގޮތުން:
ރިސޯޓުތަކުގެ މޫދު ކޮޓަރިތަކުގައި އަވިން ކަރަންޓު އުފެއްދުން
މުރަކަ ހެއްދުމަށް ކުރާ މަސައްކަތްތައް
ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތައް
އެކްސްޕީޑިއާގެ ލިސްޓުގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ:
އަރުބާ (ބެސްޓް ފޯ އިޔާ-ރައުންޑް ސަންޝައިން)
ބާލީ، އިންޑޮނޭޝިއާ (ބެސްޓް ފޯ ރިލެކްސޭޝަން)
ޑޮމިނިކަން ރިޕަބްލިކް (ބެސްޓް ފޯ އެޑްވެންޗާ)
ފިޖީ (ބެސްޓް ފޯ ކޮމިޔުނިޓީ)
ޖަމައިކާ (ބެސްޓް ފޯ ކަލްޗާ)
އޯހޫ، ހަވާއީ (ބެސްޓް ފޯ ސާފިން)
ޕެރޯސް، ގްރީސް (ބެސްޓް ފޯ ނައިޓްލައިފް)
ސަރްދީނިއާ، އިޓަލީ (ބެސްޓް ފޯ ފުޑް ލަވާސް)
އެކްސްޕީޑިއާގެ ކަސްޓަމަރުންގެ ތެރެއިން ޖަޒީރާތަކަށް ދަތުރުކުރާ މީހުން ބޭނުންވަނީ ފަސޭހައިން ދަތުރު ކުރެވޭ، ހިތްހަމަޖެހޭ ތަންތަނުގައި ޗުއްޓީ ހޭދަކުރުމުގެ އިތުރުން އަތްފޯރާ އަގެއްގައި ޗުއްޓީ ހޭދަކުރުމަށް ކަމަށް އެކްސްޕީޑިއާ ގްރޫޕުގެ ޕަބްލިކް ރިލޭޝަންސް މެލެނީ ފިޝް ފާހަގަކުރައްވަ އެވެ.
ހޮޓަލާއި ފްލައިޓު އެކީ ބުކްކުރާ ނަމަ އެތައް ސަތޭކަ ޑޮލަރެއް ދަތުރުވެރިންގެ ޖީބުން ސަލާމަތް ކުރެވޭނެ ކަމަށް މެލެނީ ވިދާޅުވެ އެވެ.
ލޯބިވެރިންގެ މެދުގައި އެންމެ މަގުބޫލު ޖަޒީރާ ގައުމަކަށް ރާއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ