ނަމާދު ގަޑީގައި މާލެ ސިޓީގެ ހުރިހައި މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތަށް އަޑު ކަނޑާލަން މިނިސްޓްރީން އެންގިކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިކަން ހާމަކުރެއްވީ މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައެވެ.
މިނިސްޓަރު މިފަދަ މެސެޖެއް ފޮނުއްވެވީ ނަމާދު ގަޑީގައި މާލެ ސިޓީގެ ހުރިހާ މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތަށް އަޑު ކަނޑާލަން އިސްލާމިކް މިނިސްޓްރީން އެންގި ކަމަށް ބުނެ ސޯޝަލް މީޑިއާގައާއި އެކި ފަރާތްތަކުން ވާހަކަ ފަތުރަމުންދާތީއެވެ. މިގޮތުން ދީނީ އިލްމުވެރިޔާ އައްޝައިހް އާދަމް ނިޝާން ވެސް ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޝެއިހް އާދަމް ނިޝާން ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، މާލެ ސަރަހައްދުގެ މިސްކިތްތަކުގެ އިމާމުން ވުޒާރާއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިސްކިތުގައި ނަމާދުކުރާ އަޑު ތާޅަފިލިން ކެނޑުމަށް އެންގި ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.
ނަމަވެސް މި ވާހަކަތައް ދޮގު ކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ”މިސްކިތްތަކުގައި ނަމާދުކުރާ އަޑު ތާޅަފިލިން ކަނޑާލަން އެންގި ކަމަށް ބުނެ ފަތުރަމުން އަންނަނީ ހަގީގަތާ ހިލާފު ވާހަކައެއް“ ކަމަށެވެ. މިނިސްޓްރީން މިފަދަ އެންގުމެއް އެއްވެސް މިސްކިތަކަށް އަންގާފައި ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތައް ހަދަން އެންގި ވާހަކައަކީ ދޮގެއް: ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ