ދިރާގުއެޕްއިން ބޮޑުމަސް ބާނައިގެން ބޮޑު އީދަށް ހާއްސަ އިނާމުތަކެއް!

އަޟްޙާ އީދުގެ މުނާސަބަތުގައި ދިރާގުގެ ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކާއި ބޯނަސް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ތައާރަފްކޮށްފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ”ބޮޑުމަސް ބޭނުން“ގެ ނަމުގައި ދިރާގު އެޕް މެދުވެރިކޮށް ކުޅެވޭ ހާއްސަ ޑިޖިޓަލް ގޭމެއް ވަނީ ފަށާފައެވެ.
މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ގޭމުގައި ބައިވެރިވެގެން، 30 މޭ 2026ގެ ނިޔަލަށް ފިޝިންގ ގިއަރ ކިޓަކާއި ގޯޕްރޯ ހީރޯ11 އެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވައިލައިފައެވެ. ގޭމުގައި ބައިވެރިވުމަށް ދިރާގު އެޕްގައިވާ ”ބޮޑުމަސް“ ބެނާއަށް ފިއްތާލުމުން ކޮންމެ ދުވަހަކު ހާއްސަ ކާޑެއް ފެންނާނެއެވެ. މި ކާޑުތަކުގައި ފޮރުވިފައިވާ މަސްބޭނުމަށް ބޭނުންކުރާ ސާމާނާއި ބޮޑުމަސް ހޯދައިގެން ކޮންމެ ދުވަހަކު 2 ޖީބީ ޑޭޓާ ހިލޭ ލިބުމުގެ އިތުރުން، ބޮޑު އިނާމު ހޯދުމުގެ ފުރުސަތު އިތުރުކޮށްދޭ ލަކީޑްރޯ ޓިކެޓް ވެސް ލިބޭނެއެވެ.
މި ޕްރޮމޯޝަނާ ގުޅޭގޮތުން ދިރާގުގެ އެސިސްޓަންޓް މެނޭޖަރ، މަރކޮމްސް އެންޑް ޕީ.އާރް، ޒީން މުޙައްމަދު ވިދާޅުވީ، ”ދިވެހި ސަގާފަތުގެ މުއްސަނދި އާދަކާދަތަކުގެ ތެރެއިން، އީދު ފާހަގަކުރުމުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތް ކަމަށްވާ ’ބޮޑުމަސް ބޭނުން‘ ރަމްޒުކޮށްދޭ ގޮތަށް މި ތައާރަފްކުރި ޑިޖިޓަލް އެންގޭޖްމެންޓްގެ މައިގަނޑު މަގުސަދަކީ، އީދުގެ ފޯރީގެ ތެރެއިން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދީ އީދުގެ އުފަލުގައި އެންމެން ވެސް ބައިވެރިކުރުން“ ކަމަށެވެ.
ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އީދު އޮފަރތައް
ޑިޖިޓަލް ގޭމުގެ އިތުރުން، 24 އިން 31 މޭ 2026 އަށް ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފަރތަކެއް ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި 650 ރުފިޔާއަށް 28 ދުވަހުގެ މުއްދަތަށް ލިބޭ 45 ޖީބީ ޑޭޓާ އާއި ހިލޭ ދިރާގު ކޯލްތައް ހިމެނޭ ”އީދު ޑޭޓާ ކޮމްބޯ“ ހިމެނެއެވެ. މީގެ އިތުރުން، ވަކި ހާއްސަ އެޑް-އޯންތަކަކާއެކު 25 އިންސައްތަ އިތުރު ބޯނަސް ޑޭޓާ ވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ދަނީ ކޮންމެ އަހަރެއްގެ ވެސް އީދު ފަދަ މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކާއި ހެޔޮ އަގުގައި ތަފާތު އޮފަރތައް ފޯރުކޮށްދެމުންނެވެ. މި ޕްރޮމޯޝަންތަކާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ރަސްމީ ވެބްސައިޓުން ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ