އަޟްހާ ޢީދުގެ ބަންދުގައި މިފްކޯގެ ފެސިލިޓީތަކުން މަސް ނުގަންނާނެ ކަމަށާއި، ދެން މަސް ގަންނަން ފަށާނީ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސަރުކާރު މަސް ކުންފުނި މިފްކޯއިން ވިދާޅުވީ، ފިޠުރު އީދުގެ މުނާސަބަތާއި ގުޅިގެން އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު އެކުންފުނީގެ ފެސިލިޓީތަކާއި ބޯޓުތަކުން މަސް ނުގަންނާނެ ކަމަށެވެ. އަދި މިދުވަސްތަކުގައި އެކުންފުނީގެ ސެންޓަރުތަކުންނާއި، އައިސް ޕްލާންޓުތަކުން އައިސްވެސް ނުވިއްކާނެ ކަމަށެވެ.
މިފްކޯއިން ވިދާޅުވީ، އީދު ބަންދަށްފަހު ދެން ޖެހޭ ހުކުރު ދުވަހަކީ އާންމުކޮށް އެ ކުންފުނިން މަސް ނުގަންނަ ދުވަހަކަށްވުމާއެކު ދެން އެކުންފުނީގެ ފެސިލިޓީތަކާއި، އައިސް ޕްލާންޓްތައް ހުޅުވައި ޚިދުމަތް ދޭން ފަށާނީ މިމަހުގެ 30ވާ ހޮނިހިރު ދުވަހު ކަމަށެވެ. އަދި ބޯޓުފަހަރުންނާއި، ފެސިލިޓީތަކުން މަސް ގަންނަން ފަށާނީވެސް ހޮނިހިރު ދުވަހު ކަމަށެވެ.
އާންމުކޮށް ހުކުރު ދުވަހު މިފްކޯއަށް މަސް ނުގަނެއެވެ. މީގެ އިތުރުން ޢީދު ދުވަސްތައް ފަދަ ބޮޑެތި މުނާސަބަތާއި ދިމާކޮށް މިފްކޯގެ ސެންޓަރުތަކުން މަސް ގަތުން މެދުކަނޑާލައެވެ. އަދި މިކަން މިފްކޯއަށް މަސް ވިއްކާ އޮޑިފަހަރުތަކަށާއި، އެކުންފުނިން ޚިދުމަތް ހޯދާ ފަރާތްތަކައް އާންމުކޮށް އަންގައެވެ.
ޢީދު ބަންދުގައި މިފްކޯއިން މަސް ނުގަންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ