ގައުމު މިހާތަނަށް ހޯދާފައިވާ އެންމެހާ ކުރިއެރުންތަކެއްގެ ހަގީގީ ހައްގުވެރީންނަކީ ދިވެހި ލޮބުވެތި މަސައްކަތްތެރިން: ގާސިމް އިބްރާހިމް

ގައުމު މިހާތަނަށް ހޯދާފައިވާ އެންމެހާ ކުރިއެރުންތަކެއްގެ ހަގީގީ ހައްގުވެރީންނަކީ ދިވެހި ލޮބުވެތި މަސައްކަތްތެރިން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި މެސެޖެއްގައެވެ.
ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮ އެދުންތައް، މަސައްކަތުގެ އެކި މާހައުލުތަކުގައި ހެލިފެލިވާ އެންމެހާ ފަރާތްތަކަށް އަރިސްކުރަމުން ގާސިމް ފޮނުއްވެވި އެ މެސެޖުގައި ވިދާޅުވެފައިވަނީ ދުނިޔެ އާރާސްތުވެ، އިމްރާނީގޮތުން ދުނިޔޭގެ އެކި ކަންކޮޅުތައް ތަރައްގީގެ އާ އުސްމިންތައް ހާޞިލްކޮށްފައި އެވަނީ މަސައްކަތްތެރީންގެ ސަބަބުންކަމާއިމެދު ޝައްކެއް ނެތް ކަމަށެވެ.
ގާސިމް ވިދާޅުވެފައިވަނީ ވަކިވަކި ގައުމުތައް ތަރައްގީވެ ކުރިއަރައިގެން ގޮސްފައި މިވަނީ އެ ގައުމެއްގެ މަސައްކަތްތެރީންގެ ހިންމަތާއި މިންނަތުން ކަމަށާއި އެމީހުން ދެއްކި ޖޯޝާއި ފޯރީން ކަމަށެވެ. އަދި އެމީހުންގެ ވިސްނުމާއި ހަކަތައިން ކަމަށެވެ.
“ހަމައެފަދައިން މި ދިވެހި ގައުމު މިހާތަނަށް ހޯދާފައިވާ އެންމެހާ ކުރިއެރުންތަކެއްގެ ހަގީގީ ހައްގުވެރީންނަކީ ދިވެހި ލޮބުވެތި މަސައްކަތްތެރީންނެވެ.  މަސްވެރީންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކާއި،  ދަނޑުވެރީންނާއި، ޢިމާރާތްކުރާމީހުންނާއި، އަދި މިނޫންވެސް އެހެނިހެން ސިނާއަތްތަކުގެ އިތުރުން، ސަރުކާރާއި އަދި އަމިއްލަ އޮފީސްތަކާއި، އުނގަންނައިދިނުމާއި، މުދަލާއި ހިދުމަތާއި، އެކިއެކި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރަމުންދާ ދިވެހި ލޮބުވެތި މަސައްކަތްތެރީންގެ ސަބަބުންނެވެ.” ގާސިމް ވިދާޅުވެފައިވެއެވެ.
ގާސިމް އިތުރަށް ވިދާޅުވެފައިވަނީ، ވަކީން ހާއްސަ ކޮށް މިއަދު މި ހުރިހާފަރާތްތަކަށް އައްސަރިބަހާއި ސާބަސް ރައްދުކޮށް އެފަރާތްތަކަށް ނުހަނު އިހްލާސްތެރި ކަމާއެކު މަރުހަބާ އާއި ތަހްނިޔާ އަރިސް ކުރާކަމަށާއި ކީރިތި ﷲ އަޅުގަނޑުމެންގެ ގައުމުގެ އެންމެހާ މަސައްކަތްތެރީންގެ މަސައްކަތްތަކުގައި ބަރަކާތްލައްވާ ފަހި ފެހި ދުވަސްތަކެއް މިންވަރުކުރެއްވުމަށް އެދި ދުއާކުރައްވާކަމަށެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "aebbf04fd85d3e6713e620cf1cdf2b49" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ