ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސް ކަން އަންގައިދޭ ލިޔުމެއް ހޯއްދެވުމަށް އެމަނިކްފާނު އިލެކްޝަންސް ކޮމިޝަންގައި އެދުމުން އެފަދަ ލިޔުމެއް އިލެކްޝަންސް ކޮމިޝަނުން ދޫކުރަންޖެހޭނެކަމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުއާދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސް ކަން އަންގައިދޭ ލިޔުމެއް ދޫކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދުމުން އެކަން ނުކޮށް ދައްކާނެ ބަހަނާއެއް ނުދެއްކޭނެކަމަށާ އެކަން ކޮށްދިނުމަކީ ކޮމިޝަންގެ ޒިންމާއެއްކަމަށެވެ.
ފުއާދު މިހެން ވިދާޅުވެފައިވާއިރު، ރައީސް މައުމޫން ވަނީ އެމަނިކްފާނަކީ ޕީޕީއެމްގެ ރައީސް ކަން އަންގައިދޭ ލިޔުމެއް ދޫކުރުމަށް ކޮމިޝަންގައި ސިޓީއަކުން އެދިވަޑައިގެންފައެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގެ މައުލޫމާތު ހިއްސާކުރާނީ އެޕާޓީއަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ސިޓީގައި ބުނެފައިވަނީ ސިޔާސީ ޕާޓީ ތަކުގެ މައުލޫމާތު އާންމު ފަރާތްތަކާއި އެޕާޓީއެއްގެ މެންބަރުންނާއި އެޕާޓީގެ މަގާމު ތަކުގެ މެންބަރުންނަށާއި އެ ނޫންވެސް ފަރާތްތަކަށް ހިއްސާކުރާނީ އެޕާޓީއަކުން ކަމަށެވެ.
އަދި އެޕާޓީން އެފަދަ މައުލޫމާތެއް ލިބިވަޑައިނުގެންފިނަމަ އެމިޝަނުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެކަމަށްވެސް ވަނީ އަންގާފައެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫން ވަނީ ދެވަނަ ފަހަރަށް އެފަދަ ލިޔުމެއް ހޯއްދެވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައެވެ. އެގޮތުން ޕީޕީއެމްގެ ގިނަ އަދަދެއްގެ ލިޔުންތައް މިހާރު ގެއްލިފައިވާކަން ރައީސް މައުމޫންގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ. ރައީސް މައުމޫންގެ ސިޓީގައި 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުނު ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގެ ޔައުމިއްޔާގެ ކޮޕީއެއް ލިބޭނެ ގޮތް ހަމަޖައްސައިދެެއްވުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.
ރައީސް މައުމޫން އެދިވަޑައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ލިޔުން ދޫނުކުރިނަމަވެސް ރައީސް ޔާމީންގެ ފެކްޝަނުން އެދުމުން ސިޔާސީ ޕާޓިތަކަށް ދޫކުރާ ރެޖިސްޓްރީގެ ފޯމެޓް ބަދަލުކޮށް އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް ވަނީ އައު ރެޖިސްޓްރީއެއް ހަދައިދީފައެވެ. މި ރަޖިސްޓްރީގައި މަސްއޫލުވެރިންގެ ގޮތުގައި 3 ބޭފުޅެއްގެ ނަންވެސް ވަނީ ހިމަނާފައެވެ.
މިގޮތުން ޕީޕީއެމްގެ ރެޖިސްޓްރީގައި މަސްއޫލުވެރިންގެ ގޮތުގައި ހިމަނާފައި ވަނީ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބުދުލްޤައްޔޫމްގެ ނަންފުޅުގެ އިތުރުން، ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމުގެ ނަންފުޅާއި، މ އާސްތާނާ އައިޝަތު އާޒިމާ ޝަކޫރުގެ ނަންފުޅެވެ.
މިކަމާއި ގުޅިގެންވެސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމަށް ފާޑުވިދާޅުވެފައެވެ.
އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުންވެސް އެ ނިންމުމަށް ވަނީ ފާޑުކިޔާފަައެެވެ.
ރައީސް މައުމޫން އެދުނު ލިޔުން ދޭންޖެހޭނެ: ފުއާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ