ކުރީގެ ސަރުކާރުން ސިފައިން ލައްވާ ހައްޔަރުކުރި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދު ﷲ މުހައްމަދު ޗުއްޓީ ނަންގަވައިފި އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އަބްދުﷲ ގާޒީ ޗުއްޓީ ނެންގެވީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އޭނާގެ ޗުއްޓީ ހަމަވާނީ އަންނަ މަހުގެ ހަޔަކަށް ކަމަށް ކޯޓް އޮފިޝަލް ވިދާޅުވި އެވެ.
ގާނޫނާ ހިލާފަށް ހައްޔަރުކޮށް، ގިރިފުށީގައި 22 ދުވަހު ބެހެއްޓުމަށް ފަހު މިދިޔަ އަންގާރަ ދުވަހު އަބްދުﷲ ގާޒީ ދޫކޮށްލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ސިފައިންނާއި ފުލުހުންނާއި އާންމުންގެ ތެރެއިން ތެރެއިން ބަޔަކު ނުކުމެ އެ ދުވަހު ބަދަލުކޮށްލުމަށް ފަހު އެވެ.
އަބްދުﷲ ގާޒީ ޗުއްޓީ ނެންގެވުމާ ގުޅިގެން ކްރިމިނަލް ކޯޓު ހިންގުން ހަވާލުކުރައްވާފައިވަނީ ގާޒީ އަބްދުﷲ ދީދީ އާއެވެ.
އަބްދުﷲ ގާޒީ ބަންދުން ދޫކޮށްލި ފަހުން ވެސް އޭނާއާ މެދު އެކި ކަހަލަ ވާހަކަތައް ފެތުރިފައިވެ އެވެ. އެގޮތުން އޭނާ ގޭގައި މަޑުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގާފައިވާ ކަމަށް ވެސް އަޑު ފެތުރިފައިވެ އެވެ. ނަމަވެސް އަބްދުﷲ ގާޒީ ވިދާޅުވެފައިވަނީ އެފަދަ އެއްވެސް އެންގުމެއް އެ ކޮމިޝަނުން އަންގާފައިނުވާ ކަމަށެވެ.
ބަންދުން ދޫކޮށްލި ފަހުން ވެސް އަބްދުﷲ ގާޒީ ކޯޓަށް ނުކުންނެވި ކަމަށް ހަވީރަށް ވަނީ އެނގިފަ އެވެ.
އަބްދުﷲ ގާޒީ ޗުއްޓީ ނަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ