ނޯރާގެ އާއިލާއިން ބަތަލާ ހަގީގަތުގައިވެސް ރޮއްވާލައިފި
މިހާރު ފެށިގެން ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާ ފަތޭހީގެ ފަރާތުން ހުށަހެޅި ލަވަ އައިޓަމްއަށް، އާއިލާގެ ފަރާތުން ލިބުނު ހިތްވަރާއި ލޯބި ފެނި ނޯރާއަށް ހަގީގަތުގައި ވެސް އުފަލުން ރޮވުނު ކަމަށް ބުނެފިއެވެ. ނޯރާ ސިފަކުރި ގޮތުގައި މިއީ ނޯރާގެ ހުށަހެޅުމެއް ނިންމާލުމަށްފަހު، އޭނާ ދެކެ ލޯބިވާ އެންމެން އޭނާގެ ކާމިޔާބީ ފާހަގަކުރުމަށް އިންތިޒާރުގައި ތިބި ފުރަތަމަ ފަހަރެވެ. ހަމައެއާއެކު މިއީ ނޯރާގެ މުޅި އާއިލާއާއި ގާތް އެކުވެރިން އޭނާގެ ހުށަހެޅުމެއް ވަގުތުން ބަލާލަން އެއްތަނަކަށް ޖަމާވި ފުރަތަމަ ފަހަރު ކަމަށް ވެސް އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ނެށުންތެރިޔާ އަދި ބަތަލާ ބުނެފައިވެއެވެ. ފިލްމީ ދާއިރާގައި ވޭތުކުރި 10 ވަަރަކަށް އަހަރުގެ ތެރޭގައި މި ފުރުސަތަކީ އޭނާއަށް ވަރަށް ހާއްސަ ފުރުސަތެއްކަން ހާމަކުރަމުން، ނޯރާ ވަނީ އިންސްޓަގްރާމްގައި ވަރަށް އަސަރުގަދަ މެސެޖެއް ހިއްސާކޮށްފައެވެ. ނޯރާ ލިޔެފައިވާ ގޮތުގައި، ކެރިއަރުގައި ވަރަށް ކާމިޔާބު ކަންތައްތަކެއް ހާސިލުކުރެވުނު ނަމަވެސް، މުޅި އާއިލާއާއި ލޯބިވާ އެންމެން އެއްފަހަރާ އޭނާގެ ކާމިޔާބީ ފާހަގަކުރަން ތިބި ފުރަތަމަ ފަހަރަކީ މިއެވެ. ނޯރާ އޭނާގެ އާއިލާގެ މެމްބާރުންނާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް "އަހަރެންގެ އާއިލާގެ ހުރިހާ މެމްބަރުން ފުރަތަމަ ފަހަރަށް އަހަރެންގެ ހުށަހެޅުން ބަލާލަން އެއްވެ، އަހަންނާއެކު އުފާފާޅުކުރި. އަހަރެން މުޅި އުމުރު ދުވަހު މަސައްކަތްކުރީ މިފަދަ ވަގުތުކޮޅަކަށްޓަކައި. މި އިހުސާސްތައް ބަޔާންކޮށްދޭނެ އިތުރު ބަސްތަކެއް ނެތް،" ނޯރާ ބުނެފައިވެއެވެ. ޓޮރޮންޓޯގައި ބޭއްވި މި އަހަރުގެ ފީފާ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ މަންމައާއި، ކޮއްކޮގެ އިތުރުން އެ އާއިލާގެ ގިނަ ބަޔަކު ފުރަތަމަ ފަހަރަށް ބައިވެރިވިއިރު، ނޯރާގެ ހައިސްކޫލް ޓީޗަރާއި، ކުޑައިރުގެ އެކުވެރިންނާއި، މިހާރުގެ ގާތް އެކުވެރިންވެސް ވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތުގައި ނޯރާ ވަނީ އޭނާގެ މަޝްހޫރު ލަވަ "ސީރް" ބައިނަލްއަގުވާމީ ފެންވަރެއްގައި ހުށަހަޅައިދީފައެވެ. މި ލަވައަކީ ޑީޖޭ ސަންޖޯއި އަދި ފްރެންޗް ލަވަކިޔުންތެރިޔާ ވެޖެޑްރީމްއާ ގުޅިގެން ނޯރާ ކިޔާފައިވާ ލަވައެކެވެ. މި އަހަރުގެ ފީފާ ވޯލްޑް ކަޕް ރަސްމީކޮށް މެކްސިކޯގައި ފަށާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ