ކަސްޓަމްސްއާއި ފުލުހުން އަދި މީރޭގެ އޮފިޝަލުން ވިލާގެ ރިސޯޓްތަކަށް އެރި އެރުން ވިލާގެ ޗެއާމަން ގާސިމް އިބްރާހިމްގެ އުފަން ރަށް، މާމިނގިލީ ކައުންސިލުން ކުށްވެރި ކޮށްފިއެވެ.
މާމިނގިލީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިޔަަފާރިތަަކަށް ދޭންޖެހޭ ރައްކާތެރިކަމާއި، ހިމާޔަތުގެ ބަދަލުގައި އަމަލު ކުރަމުންދަނީ އެފަދަ ވިޔަފާރިތައް ނެތިކޮށްލުމަށް ކަމުގައެވެ. އަދި އެފަދަ ހަރުކަށި އަނިޔާވެރި އަމަލުތަކަކީ ސިޔާސީ ވަކި މަޤްސަދެއް ހާސިލްކުރަން
މާމިނގިލީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ ސީދާ ވިލާ ކުންފުންޏަކަށް އަމާޒުކޮށްގެން ހިންގަމުންދާ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައެވެ.
ވިލާގެ ރިސޯޓްތަކަށް އަރާފައިވަނީ ރިސޯޓްގައި ތިބި ފަތުރުވެރިންނަށްވެސް ބެލުމެއްނެތިކަމަށާއި ރިސޯޓްތަކުގައި ބިރުވެރިކަމާއި ނާމާންކަން އުފެދިދާނެގޮތަށް އަމަލުކުރަމުން ގެންދިއުމަކީ ބައިގަނެވޭނެކަމެއް ނޫންކަމަށްވެސް މާމިނގިލީ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރިސޯޓްތަކުގެ އޮޕަރޭޝަން ހުއްޓުމަކަށް އަންނަގޮތަށް ހަމައެއް ލަމަައެއްނެތި ކޯޓް އަމުރާވެސް ހިލާފަށް ތަނުގެ މުދަލާއި ތަކެތި ގެންދިއުމަކީ އަަނިޔަވާރިކަމާއި ގަަދަބާރުން ކަންކުރުމުގެ ސަޤާފަތުގެ ތެރެއިން ހިންގަމުންދާ ޖަަރީމާއެއްކަމަށްވެސް ކައުންސިލްގެ ބަޔާނުގައި ވެއެވެ.
ވިލާގެ ރިސޯޓްތައް ހުއްޓުމަކަށް އައުމަކީ މާމިގިލީގެ އެތަކެއް އާއިލާތަކަށް ދެވޭނެ އަނިޔާއެއް ކަަމަށާއި އަގުނުކުރެވޭވަރުގެ ގެއްލުމާއި ހިތްދަތިކަަންވެސް ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށާއި ވިލާ ގްރޫޕުގެ ބާނީ ގާސިމް އިބްރާހީމަކީ ދިވެހި ޤައުމަށް އެންމެ ޚިދުމަތްތެރި އަދި އދ މާމިގިލީގެ ރައްޔިތުންނަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެއް ކަމަށާއި ގާސިމްގެ ވިޔަފާރިއަށް ލިބޭ ކޮންމެ ގެއްލުމަކީ މަމިގިލީގެ ރަައްޔިތުންނަށްވެސް ލިބޭ ގެއްލުމެއްކަމަށްވެސް ބަޔާނުގައި ވެއެވެ.
ވިލާގެ ރިސޯޓްތަކަށް އެރުން މާމިނގިލީ ކައުންސިލުން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ