ދަރަނީގައި ހިންގަމުން އަންނަ ބ. ތުޅާދޫ އިންޖީނުގެ ނޮދަން ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި އެ ކުންފުންޏާ ހަވާލުކުރުމަށް ގިނަ ބަޔަކު ތާއީދުކޮށްފި އެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު ވިދާޅުވި ގޮތުގައި ފޮށި ބަހައްޓައިގެން އެ ރަށުގައި ނެގި ވޯޓުގައި 500 އަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފަ އެވެ. އޭގެ ތެރެއިން 307 މީހަކަށް ފެނުނީ އިންޖީނުގެ ޔުޓިލިޓީސްއާ ހަވާލުކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންމެ މަހަކަށް 150،000ރ. ގެ ދަރަނީގައި އިންޖީނުގެ ހިންގަނީ. އެގޮތަށް ނުހިންގޭނެތީ ވޯޓަކަށް ދިޔައީ. ވޯޓުން ގިނަ ބަޔަކު ބޭނުންވި ގޮތް ކައުންސިލް ޖަލްސާގައި މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމާނީ،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޖީނުގެ އަށް މިހާރު ތެޔޮ ހޯދަނީ މީގެ ކުރިން އެ ރަށުގެ އިންޖީނުގެ އަށް ސަރުކާރުން ދީފައިވާ ސަބް ސިޑީ ފައިސާ އާއި އެކި ކަންތައްތަކާ ގުޅިގެން ރައްޔިތުންގެ އެކައުންޓަށް ވަންނަ ފައިސާ އިން ކަމަށެވެ.
ޔުޓިލިޓީސްއާ ހަވާލުކުރުމަށް ބައެއް މީހުން ދެކޮޅުހަދާތީ ސަރުކާރުން ސަބް ސިޑީ ލިބޭތޯ މަސައްކަތް ކުރެއްވި ނަމަވެސް މިހާރު ސަބްސިޑީ ދޫކުރަނީ ޔުޓިލިޓީސް ކުންފުނިތަކަކަށް ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަރަނީގައި ހިންގާ ތުޅާދޫ އިންޖީނުގެ ޔުޓިލިޓީސްއާ ހަވާލުކުރުމަށް ގިނަ ބަޔަކު ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ