ބެލެނިވެރިން ނުކުމެ ހުޅުދެލީ ސްކޫލް ބަންދު ކޮށްފި

ބެލެނިވެރިއަކު ވާނުވާއަށް މަޢްލޫމާތު ދެއްވި ގޮތުގައި ސްކޫލްގެ ކަންކަން ބޮއްސުންލާފައިވާ މިންވަރަކީ ދެ މާއްދާ ބަދަލުވާގަޑީ ދަރިވަރުން ސްކޫލްގެ އެއްކުލާހުން އަނެއް ކުލާހަށް ވަދެ ޑެސްކްތަކަށް ތެރަސް އެޅުމާއި ޓީޗަރުންނަށް ކްލާސްތަކަށް ނުދެވުމާއި، ސްކޫލްގެ ހަތަރުފާރު ރާނާ ދެ ގޭޓް ލާފައި ތަޅުލެވޭގޮތަށް ހުންނަ އިރުވެސް ދަރިވަރުން ބޭރަށް ގޮސް އުޅޭއިރުވެސް ސްކޫލް މެނޭޖްމެންޓަށް ނުއެނގޭ ކަމީ ހިތާމަ ކުރަން ޖެހޭކަމެއް ކަމުގައެވެ.
ބެލެނިވެރިންގެ ޑިމާންޑަކީ ސްކޫލްގެ ޕްރިންސިޕަލް ބަދަލު ކުރުމާއި ވަޞީލަތްތަކާއެކު އުންގަންނަދިނުމުގެ ކަންކަން ރަގަޅު ކުރުމެވެ.
ވާނުވާގެ ފަރާތުން ގުޅާލުމުން ސްކޫލުން ވާހަކަ ދެއްކި ޓީޗަރަކު ބުނެފައިވަނީ ސްކޫލްގެ ކަންކަން ރަގަޅު ކުރަން ބެލެނިވެރިން ނުކުތުން ރަގަޅުވާނީ ޕްރިންސިޕަލް ރަށުގައި ހުންނަ ވަގުތެއްގައި ކަމުގައެވެ. މިވަގުތު ޕްރިންސިޕްލަ ވަނީ މަސައްކަތު ބައްދަލުވުމަކަށް ރަށުން ބޭރަށް ވަޑައިގެންފައެވެ.
ބެލެނިވެރިންގެ ޝަކުވާތަކުގެ ތެރޭގައި ސުކޫލްގެ ޕްރިންސިޕަލް ގެ މަގާމުގައި ހުންނެވި އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ކޭ.ވަރުގިސް ވަގުތުން ވަގުތަށް ބަދަލު ކުރުމަށް އެދެފައިވެއެވެ. މީގެ އިތުރުން ސްކޫލްގެ ޙައްލުނުވެފައިވާ ކަރަންޓްގެ މައްސަލަ ރަގަޅު ކޮށްދިނުމަށާއި، ދަރިވަރުންގެ ފާޚާނާތައް ރަގަޅުކޮށްދިނުމަށް ޑިމާންޑްކޮށްފައިވެއެވެ. މީގެ އިތުރުން ދަރިވަރުން ގެ ފޮތްތައް ހަމަކޮށްދިނުމަށާއި ސްކޫލްގެ މެނޭޖެމެންޓް ގެ ޒިންމާތައް އަދާނުކުރާކަމަށާއި އެމީހުންގެ ޒިންމާތައް ފުރިހަމަ ގޮތުގައި އަދާކުރުމަށްވެސް ގޮވާލާފައިވެއެވެ.
ބެލެނިވެރިން ނުކުމެ ދ. ހުޅުދެލީ ސްކޫލް މިއަދު ބަންދުކޮށްފިއެވެ. އެހެން ދުވަސްތަކާއި ޚިލާފަށް ދަރިވަރުން ސްކޫލަށް ދިޔުމުގެ ބަދަލުގައި މިއަދު ބެލެނިވެރިންވަނީ ސުކޫލަށްގޮސް ސުކޫލް ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ