ޕީޕީއެމްގެ ސައިޒު ދައްކާލުމަށް ބާއްވާ ޖަލްސާއަށް އަތޮޅު ތެރެއިން މާލެ ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑީއޯތަކުން ފެންނަނީ ވިލިމާލެ ފެރީޓާމިނަލް ސަރަހައްދަށް ކައިރި ކުރި ބޯޓަކުން ފޭބި ބަޔަކަށް ފައިސާ ބަހާ ތަނެވެ. އެގޮތުން ކޮންމެ މީހަކަށް 500 ރުފިޔާގެ ނަގުދު ފައިސާ ބަހާ ތަން ވީޑިއޯއިން ފެނެއެވެ. އޭގެ އިތުރުން އަޑުގަދަ ކުރާއެއް ބޭނުންކޮށްގެން ވާހަކަ ދެއްކި މީހަކު ބަނދަރު ސަރަހައްދުގައި ހުރެ، ބުނަމުން ދިޔައީ ރ. އިންނަމާދޫއިން މާލެ އައި މީހުން, ހަސަން ޝަރީފު ކިޔާ މީހަކާ ބައްދަލު ކުރުމަށެވެ.
އެނގިފައިވާ ހަސަން ޝަރީފަކީ ރ. އިންނަމާދޫ ސިއްހީ މަރުކަޒަށް ސަރުކާރުން އައްޔަންކޮށްފައިވާ ކޯޑިނޭޓަރެކެވެ. އޭނާއަކީ އިންނަމާދޫގައި ޕީޕީއެމްގެ ހަރަކާތްތައް ހިންގައި ރޭވުމުގައި އިސްކޮށް އުޅޭ މީހެކެވެ. އާންމުވެފައިވާ ވީޑީއޯއިން ފެންނަ، ފައިސާ ބަހާ މީހާއަކީ އޭނާއެވެ.
Laaari Fasheh Bahaalaa Eba pic.twitter.com/flFmq6hUcv
އިންނަމާދޫއިން ޕީޕީއެމް ޖަލްސާއަށް މާލެ ގެނައި، މީހުންނަށް ފައިސާ ބެހި މައްސަލާއާ ގުޅިގެން އޭނާއަށް ގުޅާލުމުން، ފޯނުން ދައްކާ ވާހަކަ އަޑު ނީވޭ ކަމަށް ބުނެ ފޯނު ވަނީ ކަނޑާލާފައެވެ. ދެ ވަނަ ފަހަރަށް ގުޅާލުމުން އެހެން މީހެއްގެ އަތަށް ފޯނު ދީގެން، ހަސަން ޝަރީފާ ވާހަކަ ނުދެއްކޭނެ ކަމަށް ވަނީ ބުނެފައެވެ.
އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި ޕީޕީއެމްގެ ޖަލްސާއަށް އިންނަމާދޫއިން މީހުން ގެންދިޔައީ ބޮލަކަށް 2،000 ރުފިޔާ ދޭނެ ކަމަށް ބުނެއެވެ.
bolakah gandeh... pic.twitter.com/5tjh2OcanT
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މާލެ ދަތުރުކުރާ "މިހިރި ފަހެއް" ނަމަކަށް ކިޔާ ބޯޓެއް ކުއްޔަށް ހިފައިގެން 65 މީހަކު އިންނަމާދޫއިން މާލެ ވަނީ ގެނެސްފައެވެ. ފައިސާ ދީގެން މީހުން މާލެ ގެންނަ މައްސަލަ ބޮޑުވެފައިވާއިރު، ޕީޕީއެމުން ދަނީ އެކަން ދޮގު ކުރަމުންނެވެ.
ނަމަވެސް ރާއްޖޭގެ ދެކުނާއި އުތުރުގެ ރަށްތަކުން މޯލްޑިވިއަންގެ ގިނަ އަދަދެއްގެ ފްލައިޓުތައް ޗާޓަރުކޮށްގެން މީހުން ދަނީ މާލެ ޖަމާކުރަމުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ