މެމްބަރު ހުސައިން މުހައްމަދު ފުލުހަށް ހާޒިރުވާން އަންގައިފި

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ހުސައިން މުހައްމަދު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި އެވެ. ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މެމްބަރު ހުސައިން ފުލުހަށް ހާޒިރުވާން ޖެހެނީ މިރޭ 8:00 ޖަހާއިރު އެވެ. ހުސައިން މުހައްމަދު ވަނީ އެކަން 'ސަން' އަށް ކަށަވަރުކޮށްދީފައެވެ. ހުސެން މުހައްމަދު ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު އޭނާ ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް ދައުވާތަކެއް ކުރަމުންދާތީ އެކަން ކުށްވެރިކޮށް ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ. ހުސެން މުހައްމަދުގެ އިތުރުން އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް އެެހެން މަޖިލިސް މެމްބަރުން ވެސް ވަނީ ފުލުހަށް ހާޒިރުކޮށް ތަހުގީގުތަކެއް ހިންގަމުންނެވެ. އަދި އޭގެ ތެރެއިން ބައެއް މެމްބަރުންނަށް އަންނަނީ ދައުވާ ވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ