އިންޑިއާ ސަފީރު ގާސިމް އާއި ބައްދަލުކޮށްފި

އިންޑިއާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އާއި ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުވުން އޮތީ މިއަދު ހެނދުނު ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކަމަށްވާ މ.ކުނޫޒު ގައެވެ. ހެނދުނު 11:00 އިން ފެށިގެން ގާތްގަނޑަަަކަށް 13:00 ވަންދެން ބޭއްވި ބައްދަލުވުމާއި ބެހޭ ގޮތުން ޖުމްހޫރީ ޕާޓީ އިން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ އަކީ އާންމުކޮށް އޭނާ ބައްދަލު ކުރައްވާ ބޭފުޅުންނާއި އެކު ފޮޓޯ ނަންގަވާ އެފޮޓޯ ޓްވީޓް ކުރައްވާ ބޭފުޅެއް ނަމަވެސް މިއަދު ގާސިމް އާއި އެކު ބޭއްވެވި ބައްދަލުވުމާއި ބެހެ ގޮތުން އަކިލޭޝް މިޝްރާ ޓްވީޓެއް ވެސް ކުރައްވާފައެއް ނުވެއެވެ.
އަދި ބައްދަލުވުމާއި ބެހޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ އިން ވެސް މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
އަކިލޭޝް މިޝްރާ ގާސިމް އާއި ބައްދަލުކުރެއްވި އިރު ގާސިމްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާއެއްގެ މައްސަލަ އޮތީ ނިންމާ ޙުކުމް ކުރުމާއި ގާތުގައެވެ. އެމައްސަލައިގައި އެންމެ ފަހުން ބާއްވަން އޮތް އަޑުއެހުން ކެންސަލް ކުރީ ގާސިމް އާލާސްކަންފުޅާއި އުޅުއްވާތީއެވެ. އަންނަ ހަފްތާގައި މިމައްސަލަ ނިންމާ ޙުކުމް ކުރުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ