މެމްބަރު ސައުދު ގެއްލިއްޖެ، ފުލުހުން ސައުދު ހޯދަނީ!

ވިލިނގިލީ ދާއިރާގެ މެމްބަރުކަމުން ވަކިކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސައުދު ހިސައިން ހޯދުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.
ފުލުހުން ބުނީ ފުލުހުން ބަލަމުންދާ މައްސަލަޔަކާއި ގުޅިހެން ހޯދަމުން ދަނީ ގއ. ވިލިނގިލި، އަޅިވިލާގެ ސަޢުދު ޙުސައިން (36އ) ކަމުގައެވެ.
ސައުދު ހޯދުމަށް ފުލުހުން އިއުލާނު ކުރި އިރު ފުލުހުންވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ސައުދު ހައްޔަރުކޮށްފައެވެ. ނަމަވެސް ކޯޓް އަމުރު ނުބައިކޮށް އޮތުމުން އެރޭ ފުލުހުންވަނީ ސައުދު އަލުން ދޫވެސް ކޮށްލާފައެވެ.
ސައުދު 25 ވަނަ ދުވަހު ހައްޔަރުކުރީ މިމަހުގެ 24 ވަނަ ދުވަހު މަޖިލިސް މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަތް މައްސަލާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ