ކުރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ގާޒީ ކަމަށް ހުޅުވާލުމުން އެކަމަށް 31 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ސްޕީރިއާ އެ ދެ ކޯޓުގެ ގާޒީ ކަމަށް ހުޅުވާލި ފުރުސަތު މި މަހުގެ 10 ވަނަ ދުވަހު ހަމަވައިރު އެކަމަށް 31 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށެވެ.
ޖޭއެސްސީއިން އިއުލާން ކުރީ ކުރިމިނަލް ކޯޓަށް ހަތަރު ގާޒީންނާއި ސިވިލް ކޯޓަށް ދެ ގާޒީން ހޯދާށެވެ.
ކުރިމިނަލް ކޯޓަށް ހަތަރު ގާޒީން ހޯދުމަށް އިއުލާން ކޮށްފައިވާއިރު މިފަހުން އެ ކޯޓުގެ ދެ ގާޒީން ކަމަށްވާ އަބްދުލް ބާރީ ޔޫސުފާއި އަހުމަދު ޝަކީލް ވަނީ ކުއްލި ގޮތަކަށް އެހެން ގޮތަކަށް އެހެން ކޯޓަކަށް ބަދަލުކޮށްފަ އެވެ. އަދި އެ ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ހުންނެވީ ސަސްޕެންޑް ކޮށްފަ އެވެ.
ސިވިލް އާއި ކުރިމިނަލް ކޯޓު ގާޒީ ކަމަށް 31 ނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ