ރައީސްގެ ތެދުވެރިކަމަށް އައްސަރިބަހާއި ސާބަސް - މައުމޫން

ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާއާއި ގުޅިގެން ކުރިއަށް ގެންދާ ތަހުޤީޤާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރައްވައި ރައީސް ޔާމީން މިއަދު ޤައުމާ މުޚާތަބު ކުރެއްވުމުން، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު މައުމޫން އަބްދުލް ޤައްޔޫމް، ރައީސް ޔާމީނަށް އައްސަރިބަހާއި ސާބަސް ވިދާޅުވެއްޖެއެވެ.
ރައީސްގެ ވާހަކަފުޅަށް ފަހު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ލޯންޗު ހާދިސާ އާއި ގުޅުގެން އެހާ ހާމަކަންބޮޑު ގޮތެއްގައި، ރައީސް ޔާމީން ރައްޔިތުންނަށް މައުލޫމަތު ހިއްސާ ކުރެއްވުމުން އެމަނިކުފާނުގެ ތެދުވެރިކަމަށް އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށެވެ.
މައުމޫންގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ ރައީސް ޔާމީން އާއި އެކު ތިއްބެވި ކަމަށެވެ.
މިއަދު ޤައުމާ މުޚާތަބު ކުރައްވާ ރައީސް ޔާމީން ވަނީ ރިޔާސީ ލޯންޗްކޮޅުގައި ހިނގައިިދިޔަ ހާދިސާ އާއި ގުޅިގެން ހައްޔަރު ކުރެވުނު އެކި ފަރާތްތައް ހައްޔަރު ކުރެވުނު ސަބަބު ހާމަކުރައްވާފައެވެ. އަދި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރު ކުރެވުނު ސަބަބާއި، މަޤާމުން ވަކި ކުރެވުނު ކުރީގެ ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލާއި، ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު މަޤާމުން ވަކި ކުރެވުނު ސަބަބުވެސް ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން ބައެއް މިނިސްޓަރުން ސަރުކާރުން ވަކިކުރެވުނު ސަބަބުވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ