އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން 7 ގަޑިއިރަށް ކަރަންޓު ކަނޑާލައިފި

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން 7 ގަޑިއިރަށް މިއަދު ކަރަންޓު ކަނޑާލައިފިއެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ ކަރަންޓު ކަނޑާލާފައިވަނީ އައްޑޫސިޓީއަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން އަންނަ ކޭބަލް ނެޓްވޯކަށް ދިމާވެގެން އުޅޭ މައްސަލަ ޙައްލުކުރުމަށްޓަކައި ކަމަށެވެ. މިއަދު ހެދުނު 0900 ގައި އައްޑޫސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއިންވަނީ ކަރަންޓްގެ ޚިދްމަތް ކަނޑާލާފައެވެ، މިދިޔަ ބުދަދުވަހުގެ ހަވީރު ފަހަކުން ފެށިގެން އަށެއްކަ ގަޑިއިރަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓްގެ ޚިދްމަތްކެނޑި ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވެއެވެ. އަދި މިމައްސަލަ ޙައްލުކުރުމަށް ފެނަކައިގެ އިންޖިނިއަރުން މާލެއިން އައްޑުއަށްގޮސް ކަރަންޓު ލިބުނީ ދަންވަރުގެ ވަގުތެއްގައެވެ. އައްޑޫސިޓީން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ކަރަންޓް ކެނޑުމަށް ހަމަޖެހިފައިވާތީ ވަރަށް ގިނަބަޔަކު ޕިކްނިކް ދަތުރު ގޮސްފައިވާ ކަމަށާއި، އަދި ކައިރީގައި އޮންނަށް ހުޅުމީދުއަށްވެސް ގޮސްފައިވާ ކަމަށެވެ. މާލެ ފިޔަވާ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ނުލިބޭތީވެ އައްޑޫގެ ރައްޔިތުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ