34 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރި ކޮޅުފުށީ އިންޖީނުގެ ހުޅުވައިފި

34 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން މ.ކޮޅުފުށީގައި އިމާރާތް ކުރި އިންޖީނުގެ މިއަދު ހުޅުވައިފިއެވެ.
ހައުސިންގ މިނިސްޓްރީން މޯލްޑިވްސް ޓްރާންސް ޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން އިމާރާތްކުރި އިންޖީނުގެ ހުޅުވައި ދެއްވީ އެންވައިރަމަންޓް މިނިސްޓަރު ތޯރިގް އިބްރާޙިމްއެވެ.
މި ރަސްމިއްޔާތުގައި ކޮޅުފުށީ އިންޖީނުގެ ވަނީ ފެނަކަ އާއި ހަވާލުކޮށްފައެވެ.
ކޮޅުފުށި އިންޖީނުގޭގައި މިހާރު ހުރީ 250 ކިލޯވޮޓްގެ ދެ އިންޖީނާއި 200 ކިލޯވޮޓްގެ އިންޖީނެކެވެ.
މި އިމާރާތަކީ 34،487،211.00 ރުފިޔާ ހޭދަކޮށްގެން ހިންގުނު އިމާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ