ދިރާގުގެ ހިއްސާއަކަށް 8.7ރ. ބަހަން ފާސްކޮށްފި

ދިރާގަށް މިދިޔަ އަަހަރު ލިބުނު 946 މިލިއަން ރުފިޔާ އިން ހިއްސާއަކަށް 8.70ރ. ބަހަން ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދު ކަނޑައެޅީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކްރޮސްރޯޑްސްގައި ބޭއްވި ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.
ތަފްސީލް - ދިރާގުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %5.9 އިތުުރު އަދަދެކެވެ.
ކުންފުނީގެ އާމްދަނީ އިތުރުވީ، ދިރާގުން ބުނި ގޮތުގައި:
ހިދުމަތްތައް އިތުރަށް ފުޅާކުރުމުން؛ ބްރޮޑްބޭންޑް، މޮބައިލް އަދި އެންޓަޕްރައިސް ސެގްމެންޓުގެ ޕާފޯމަންސް މިދިޔަ އަހަރު ރަނގަޅު
2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ އެބިޓާ ވަނީ %5.1 ކުރިއަރާފައި
2024
ވަނަ އަހަރު ދިރާގުން ހާސިލުކޮށްފައިވާ ބައެއް ކާމިޔާބީތައް:
ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހުން ދިރިއުޅޭ ހުރިހާ
ރަށަކަށް ދިރާގުން ވަނީ ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް
ފޯރުކޮށްދީފައި
ރާއްޖޭގައި ޑިޖިޓަލް ސާވިސް ފޯރުކޮށްދިނުމުގައި އެންމެ ކުރީގައިވާ ފަރާތުގެ މަގާމް އިތުރަށް ވަރުގަދަކޮށް، %100 މޮބައިލް ކަވަރޭޖްއާ އެކު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ފޯރުކޮށްދިން
 އޫކްލާއިން ދޭ 'މޯލްޑިވްސް ފާސްޓަސްޓް މޮބައިލް ނެޓްވޯކް' ގެ އެވޯޑް ޖެހިޖެހިގެން 3 ވަނަ އަހަރު ހޯދި
އާބާދީގެ %60އަށް 5ޖީގެ ހިދުމަތް ފޯރުކޮށްދިން
  ބައިނަލްއަގުވާމީ ގޮތުން ދިރާގުން ހޯދާފައިވާ ސެޓްފިކެޓުތައް:
އައިއެސްއޯ އައިއީސީ ސެޓްފިކެޓް
އާކޮށް، ބައިނަލްއަގުވާމީ ސެކިއުރިޓީ މެނޭޖްމަންޓް މިންގަނޑު ދެމެހެއްޓުން
ދިރާގުގެ ޑޭޓާ ސެންޓަރަށް ޓިއާ 4ގެ ސެޓިފިކޭޝަން ހޯދުން
އޭއެންއެސްއައި ޓީއައިއޭ 942 ސީގެ ލެވެލް 4ގެ ސެޓިފިކެޓް ހޯދައި ރާއްޖޭގައި މިފަދަ އިންފްރާސްޓްރަކްޗަރަލް އަދި ރިލައިބިލިޓީ ޔަގީން ހިދުމަތްތައް ފޯރުކޮށްދޭ ފުރަތަމަ ސާވިސް ޕްރޮވައިޑާގެ މަގާމް ހޯދުން
ދެކުނު އިރުމަތީ އޭޝިއާ، މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕާއި ރާއްޖެ ގުޅާލަދޭ ސީމީވީ6 ސަބްމެރިން ސިސްޓަމް ރާއްޖެއާ ގުޅާލައި މުޅި ދުނިޔެއާ އޮތް ޑިޖިޓަލް ގުޅުން އިތުރަށް ވަރުގަދަ ކުރުން
ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ދިރާގުން ވަނީ 2024 ވަނަ އަހަރު 574
މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ނެޓްވޯކް ފުޅާކޮށް ހަރުދަނާކުރުމަށާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ
ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އެ ކުންފުނިން މިދިޔަ އަހަރު މުހިންމު އިންވެސްޓްމަންޓްތަކެއް ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ