ހުޅުމާލެއަށް 21 އަހަރު: ކިއުއާރު ކޯޑު ހޯދައިގެން އިނާމު ލިބޭ މުބާރާތެއް ފަށައިފި

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ކިއުއާރު ކޯޑު ހޯދައިގެން އިނާމު ލިބޭ 'ފެންކޮއެ ހަންޓު' ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެޗްޑީސީ އާއި އައިލެންޑް ބެވަރޭޖެސް ގުޅިގެން ކުރިއަށްގެންދާ ފެންކޮއެ ހަންޓް މި މަހުގެ 11 އިން 17އަށް އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މި ހަރަކާތުން ވަނަ ލިބޭ ފަރާތްތައް އިއުލާން ކުރާނީ، އެޗްޑީސީން ބުނި ގޮތުގައި، އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލުމަށް މި މަހުގެ 17 ވަނަ ދުވަހު ބާއްވާ 'ބީޗު ފެސްޓް'ގަ އެވެ.
ތަފްސީލް - ފެންކޮއެ ހަންޓު ކުރިއަށްދާ ގޮތް:
ހުޅުމާލޭގެ އެކިއެކި އާންމު ސަރަހައްދުތަކުގައި 35 ކިއުއާރު ކޯޑު ފޮރުވާފައި ހުންނާނެ
މި ހަންޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް ފަހު، ކިއުއާރު ކޯޑުތައް ހޯދުމަށް ފަހު ކަލެކްޓަބަލްސް ހޯދުމަށް ސްކޭން ކުރަންވާނެ
ހަންޓުގައި ބައިވެރިވުމަށް ފޯނު ނަންބަރު ބޭނުންކޮށްގެން އޮންލައިންކޮށް ރަޖިސްޓްރީ ކުރަން ޖެހޭނެ
ކޮންމެ ކަލެކްޓަބަލް އަކީ 20 ޕޮއިންޓް ނުވަތަ 50 ޕޮއިންޓު ނުވަތަ 100 ޕޮއިންޓު
ކިއުއާރު ކޯޑު ސްކޭންކޮށްގެން ޕޮއިންޓު ކަލެކްޓު ކުރަމުން އަންނަ ވަރަކަށް، އެންމެ ކުރީގައި އުޅޭ ކުޅުންތެރިންގެ ލައިވް ލީޑާ ބޯޑް ފެންނާނެ
ކިއުއާރު ކޯޑުތައް ފޮރުވާފައި ހުރި ސަރަހައްދުތަކުގެ ހިންޓު ލިބޭނެ
މި ހަންޓުގައި ބައިވެރިވެގެން އެންމެ ގިނަ ޕޮއިންޓު ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމު ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން:
އެއް ވަނަ - 7،000ރ.
ދެ ވަނަ - 4،000ރ.
ތިން ވަނަ - 2،000ރ.
ފާހަގަކޮށްލެވޭ - ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެސްޓިވަލެއް ގޮތަށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތައް ފެށީ މި މަހުގެ 10 ވަނަ ދުވަހު ކުލަގަދަ ފެމިލީ ކާނިވަލަކުންނެވެ.
ހަފްތާއެއްގެ މުއްދަތަށް، އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން މި ހަފްތާގައި އޮންނާނެ ކަންކަމުގެ ތެރޭގައި:
ސްޓޯރީ ފޮޓޯ ވޯކް 
ހުޅުމާލެ މަސްރޭސް 
ސައިކްލިން ޗެމްޕިއަންޝިޕް 
ހެލްތު ކޭމްޕު 
ބީޗު ފެސްޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ