ކުކުޅަކީވެސް އެކި އެކި ގޮތް ގޮތަށް ތައްޔާރު ކޮށްލައިގެން ކެއުމުގައި ބޭނުން ކުރެވޭ ޕްރޮޓީން ގިނަ ހަށިގަނޑަށް ފައިދާހުރި އެއްޗެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް ލެމަން ޗިކަން ތައްޔާރު ކުރާނެ ގޮތެވެ. މި ރެސިޕީން ގާތްގަނޑަކަށް ހަތަރު މީހުންނަށް ހިތްހަމަޖެހިގެން ކާލެވޭނެއެވެ.
2 ބޮޑު ޗިކަން ބޯންލެސް ޗިކަން ބްރެސްޓް
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
1/2 ލުނބޯ ފޮތިފޮތި ކޮށްފައި (ގާނިޝް ކުރުމަށް)
2 ބިސް
1 ލޮނުމެދު (ގާނާފައި)
1/2 ސައިސަމުސާ ލޮނު
1/4 ސައި ސަމުސާ މުގުރި އަސޭމިރުސް
1 ޖޯޑު ޕާމެޝަން ޗީޒް
3 މޭޒުމަތީ ސަމުސާ ފުށް
8 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓާ
2 ލޮނުމެދު (ގާނާފައި)
1/4 ޖޯޑު ލުނބޯ ހުތް
1/4 ޖޯޑު ޗިކަން ބްރޮތް
1/4 ސައިސަމުސާ މުގުރި އަސޭމިރުސް
1) ކުކުޅުމަސް ގަނޑު މެދުން ތުނިކޮށް ފަޅާލުމަށްފަހު، އެއްޗަކުން މަޑުމަޑުން ޖަހައި ތުނިކޮށްލާށެވެ.
2) ތައްޓެއްގެ ތެރޭގައި ބިސް މިކްސްޗަރ އަށް ބޭނުންވާ ހުރިހާ އެއްޗެއް ރަނގަޅަށް އެކުލަވާލާށެވެ.
3) ދެން ޕާމެޝަން މިކްސްޗަރ އަށް ބޭނުންވާ ތަކެތި އެހެން ތައްޓެއްގައި އެކުލަވާލާށެވެ.
4) ކުކުޅު މަސް ގަނޑު ބިސް މިކްސްޗަރ އަށް ލުމަށްފަހު، ދެން ޕާމެޝަން މިކްސްޗަރ އަށް ލާށެވެ.
5) ތަވައަކަށް ތެޔޮ އެޅުމަށްފަހު، ތެޔޮ ހޫނުވުމުން، ކުކުޅުމަސްތައް ތަވައަށް އަޅައި، ރަން މުށި ކުލަ އަރަންދެން ދެފަރާތް ރަނގަޅަށް ފްރައި ކޮށްލުމަށްފަހު އުނދުން ނިއްވާލާށެވެ.
6) އެހެން ތަވައެއްގައި، ބަޓާ ވިރުވުމަށްފަހު، ލޮނުމެދު އަޅައި ރަނގަޅަށް ލޮނުމެދު ވަސް ހިފާލަންދެން ފްރައި ކޮށްލާށެވެ. ދެން ލުނބޯހުތް، ޗިކަން ބްރޮތް، އަދި އަސޭމިރުސް އަޅައިގެން ގާތްގަނޑަކަށް ދެމިނެޓް ވަންދެން މަޑު ގިނީގައި ކައްކާލާށެވެ.
7) ދެން ފްރައިކުރި ކުކުޅު މަސްގަނޑު ހުރި ތަވައިގެ ތެރެއަށް، އެ މަސްތަކުގެ މައްޗަށް ލެމަން ސޯސް އަޅާލުމަށްފަހު، ލުނބޯ ފޮތިތަކުން ގާނިޝް ކޮށްލާށެވެ. އިރުކޮޅެއް ވަންދެން ތަވައިގެ މަތި ޖަހާފައި ބެހެއްޓުމަށްފަހު ކުކުޅު ކާން ފަށަންވީއެެވެ.
މި ކަހަލަ ކުކުޅު، މޭޝްޑް ޕޮޓޭޓޯ އާއި ގާލިކް ރައިސް ނޫނީ އެކުކުޅު އެކަނި ކާލަންވެސް މީރު ވާނެ އެވެ.
ދުވަހަކުވެސް ލެމަން ޗިކަން، ލެމަން ބަޓާ ސޯހާއެކު ކެއިންތަ؟ ނުކާ ނަމަ މި ރެސިޕީ ޓްރައި ކޮށްލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ