ބީއެމްއެލް ބަގާވާތް ވެގެންދިޔައީ ޝަމްނާޒް ގާތްވާން ހެދި ސިހުރަށް!

މުއިއްޒު ތަކުރާރުކޮށް ބުނަމުންދަނީ ދޮގު ނުހަދާކަމަށެވެ. ދޮގު ނުހަދާކަމަށެވެ. އޮޅުވާ ނުލާކަމަށެވެ. މުއިއްޒު ގެންގުޅޭ ކުލީ ގަލަންތަކުން މާސް މީޑިއާ އާއި ސޯޝަލް މީޑިއާގައި މުއިއްޒުގެ ތެދުވެރިކަމާ އިހުލާސްތެރި ކަމުގެ ވާހަކަ ތަކުރާރު ދައްކާ މުއިއްޒަށް ސަނާ ކިޔަނީ ކެނޑި ނޭޅިއެވެ. 
ރެކޯޑް ހެދި ނޫސް ކޮންފަރެންސްގައި ދެއްކިހާ ދޮގު ވާހަކަތާކާއި އޮޅުވާލުންތަކުގެ ވާހަކަ ބާއްވާފައި މުއިއްޒު ނޫސްވެރިންނާ ކުރި ސުވާލެއް ފާހަގަކޮށް ލެވުނެވެ. ހުސްނުއްސުއޫދު ބުނާ ވާހަކަ ތެދަށްވެފައި މުއިއްޒު ބުނާ ވާހަކަ ދޮގަށް ވާގޮތަކާމެދު މުއިއްޒު އުފެއްދި ސުވާލެވެ. ހައްދަވައިގެން ތެދެއް ނުހަދާ ކައްޒާބަކު ތެދެއް ބުންޏަސް ތެދެއްކަމަށް މީހަކު ގަބޫލު ނުކުރާނެކަން އެންމެ ރަނގަޅަށް އެނގޭނީވެސް މުއިއްޒަށެވެ.
މުއިއްޒު ދައްކާ ވާހަކަ ގަބޫލު ނުކުރެވެނީ ދޮގު ހަދާލެއް ގިނަ ކަމުންނެވެ. މުއިއްޒު ކުރާހާ ކަމެއް ދިފާއުކޮށް މުއިއްޒުގެ ކުލީ ގަލަންތަކުން ވާހަކަ ދައްކާ ލިޔެ ޕްރަމޯޓްކުރި އެތައް ކަމެއްގައި އުނބަށް ޖަހާފައި މުއިއްޒު އެބަހުއްޓެވެ. މުއިއްޒު ދިފާއުކޮށް ޕްރަމޯޓް ކުރުމަށް ބޮޓުންނާއި ކުލީ ގަލަންތަކުން ދެއްކި ވާހަކަ ކިތަންމެ ފަހަރަކު ދިމާ އިދިކޮޅަށް ދައްކަން ޖެހިފައި އެބަހުއްޓެވެ. 
ބޭންކް އޮފް މޯލްޑިވްސްގެ ޑިޕޮސިޓް ކާޑްތަކުން ބޭރު ފައިސާ ނުނެގޭ ގޮތަށް ކުއްލިޔަކަށް ހެދުމަށްފަހު އަނބުރާ އުނބަށްޖަހާ ބީއެމްއެލް ބާގާވާތުގެ ވާހަކައަކީ އޭގެ އެއް މިސާލެވެ. ހަފްތާއެއްގެ ނޯޓިސްއާއި އެކު ޑިޕޮސިޓް ކާޑްތަކުން ޑޮލަރު ދޫކުރުން ހުއްޓާލުމުން ވަޒީރުންނާއި މުސާރަވެރިންނާއި ކުލީ ގަލަންތަކާއި ބޮޓުން މުއިއްޒަށް ތައުރީފް ކުރިއެވެ. ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށްބުނެ ސަނާކިއެވެ. ބެންކްގެ ޑެޕިއުޓީ ސީއީއޯ ގާނޫނާއި ހިލާފަށް މަގާމުން ވަކިކޮށް ގާނޫނާއި ހިލާފަށް ބެންކް ބޯޑަށް ގެނައި ބަދަލަށް ތައުރީފްކޮށް މުއިއްޒުގެ ހިއްވަރާ ކެރުމަށް ސާބަސްދީ އަތްޖަހާ އުޅުނެވެ. 
ޑެބިޓް ކާޑުން ޑޮލަރ ލިބުން ހުއްޓުވާލާ ރަނގަޅު 48ގަޑިއިރު ނުވަނީސް މުޅި ވާހަކަ ބަދަލުކޮށް އެކަމާ ގުޅިގެން ކިޔަމުން އައިލަވަ ބަދަލުކުރަން ޖެހުނެވެ. ޑެބިޓް ކާޑުން ޑޮލަރ ލިބުން ހުއްޓުވާލުމަކީ ބީއެމްއެލްއިން ހިންގި ބަގާވާތެއް ކަމަށް ހެދިއެވެ. ގަރުދިޔަ ޖަގަހައިގާ އެކަން މުއިއްޒު އިއުލާނުކޮށް ބަގާވާތް ތަހުގީގު ކުރަންފެށިއެވެ.
ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދޭން މަޖުބޫރު ކުރުވާ މުއިއްޒުގެ މުއިއްޒުގެ އަންބޮޑިއަށް ބީއެމްއެލް ޖަހާލިއެވެ. ދެނަކާ ދެނެއް ނެތެވެ. ކުލީގަލަންތަކާއި މުސާރަވެރިންނާއި ބޮޓުންތައް ބީއެމްއެލް ބަގާވާތް ބޮލަށްލައިގެން ރާގު ރާގަށް އަޑުއެރުވިއެވެ. އެންމެ ފަހުން ބީއެމްއެލް ބަގާތްވެސް ވެގެންދިޔައީ މުއިއްޒާ ގާތްވާން ޝަމްނާޒް ހެދި ސިހުރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ