އޭޝިއާގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ އިބާދުﷲ އާއި ޒިވާ

މިމަހުގެ ފަހުކޮޅު ދެކުނު ކޮރެއާގައި ބާއްވާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރާ ދެ އެތުލީޓުންނަށް އިބާދުﷲ އާދަމް އާއި ޒިވާ މޫސާ ޝަފީއު ވެއްޖެއެވެ. ދެކުނު ކޮރެއާގެ ގުމީގައި މި މަހުގެ 27-31 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ދެ އެތުލީޓުން މުބާރާތުގެ ތައްޔާރީތައް ކުރިއަށްގެންދަނީ ރާއްޖޭގައެވެ. މި ދެ އެތުލީޓުންނަކީ އަރުތަ ޕްރޮގްރާމުގެ ދަށުން ޖެމެއިކާގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ ދެ އެތުލީޓުންނެވެ. އިންޑިއާގައި ބާއްވަން ތައްޔާރުވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަހުވަގުތު މުބާރާތް ފަސްކުރުމުން ދެ އެތުލީޓުން ވަނީ ރާއްޖޭގައި މަޑުކޮށްފައެވެ. ދެ އެތުލީޓުން ޖެމެއިކާއިން ރާއްޖެ އައީ އިންޑިއާ މުބާރާތުގައި ވާދަކުރުމަށް ދިއުމަށެވެ. މި މުުބާރާތުގައި އިބާދުﷲ ވާދަކުރާނީ 100 މީޓަރާއި 200 މީޓަރު އިވެންޓުގައެވެ. އަދި ޒިވާ ވާދަކުރުމަށް އަދި ހަމަޖެހިފައިވަނީ 200 މީޓަރު އިވެންޓުގައެވެ. ނަމަވެސް އިތުރު އިވެންޓެއްގައި އޭނާ ވާދަކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. ޓީމުގެ ހެޑު ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ގައުމީ ޓީމުގެ ކުރީގެ ބާރު ދުވުންތެރިޔާ އަދި މިހާރު އެންމެ ތަޖުރިބާކާރު ކޯޗުންގެ ތެރޭގައި ހިމެނޭ ހުސެއިން ހަލީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ