ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުުހުން ބުނިގޮތުގައި ކޭބަލްތައް ބުރިކޮށްލުމުން ހަތް ގެއަކުން ކަރަންޓު ކެނޑުނެވެ.
އެ އިދާރާއިން ބުނިގޮތުގައި:
ކަރަންޓު ކަނޑާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ށ. މިލަންދޫ އިސްމާއިލް ސަމީމް
އޭނާ ހައްޔަރު ކުރީ ކުށުގެ ވެށިން
އެނގުން މުހިއްމު - ކޭބަލް ބުރިކޮށްލުމުން ކަރަންޓު ކެނޑުނު ތަންތަނުގެ ތެރޭގައި އެމްޑީޕީގެ ހަރުގެ ހިމެނެ އެވެ. އޭރު އެތަނުން ދިޔައީ މުޒާހަރާއަށް މަގުމައްޗަށް ނުކުންނަން ތައްޔާރުވަމުންނެވެ.
ކޭބަލްތައް ބުރިކޮށް، ހަތް ގެއަކުން ކަރަންޓު ކަނޑާލި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ