ހެޔޮލަފާ ބޭކަލަކުހުންނެވި ތަނެއްގައި ސުވާލުކުރެވުނެވެ. "އެއްވެސް ފަރުވާއެއް ނެތް ކަމަކީ ކޮބައި ހެއްޔެވެ؟"
ޖަވާބުގައި ބުނެވުނެވެ. "މަރެވެ!"
އެހިނދު ހެޔޮލަފާ ޞާލިޙް ބޭފުޅާ ވިދާޅުވިއެވެ. "އެކަމަކު މަރަށްވެސް ފަރުވާއެއް އެބައޮތެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން އެކަން ޙާޞިލުކުރެވިއްޖެނަމަ މަރުވުން ވާނީ ރަހްމަތަކަށެވެ. އެއިރުން އެއޮތީ ޝިފާލިބިފައި ނޫންހެއްޔެވެ؟"
މިބަސްފުޅުން ލިބިގަންނަންޖެހޭ ފިލާވަޅަކީ އެއްވެސް މީހަކަށް ނުކުރެވޭނެ ކަމަކީ ތިމާ މަރުވުން ހުއްޓުވުން ކަމެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް، އެމީހަކު އެކަމަށް އެދިގެން މަސައްކަތްކޮށްފިނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދޭނެއެވެ. ﷲ ތަޢާލާ ރުހިވޮޑިގެންވާ ޙާލުގައި މަރުވެއްޖެނަމަ އެކަންވާނީ އެމީހަކަށް ލެއްވެވި އެންމެ ބޮޑު ރަޙްމަތަށެވެ. އެހެނީ އެމީހެއްގެ ފުރާނަވާނީ ﷲ ތަޢާލާގެ ރަޙްމަތުގައެވެ. އެއީ ދުނިޔޭގައިވާ ހުރިހާ އުފާވެރިކަމަކަށްވުރެ މާބޮޑު އުފާވެރި ކަމެކެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މަރަށްވެސް ފަރުވާއެއް އެބައޮތްކަމާ އެއީ ކޮންފަރުވާއެއްކަން އެނގޭހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ