ދިރާގު އެމްއެންއެސްޔޫ ފުޓްސަލް ފިއެސްޓާ މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 27 ޓީމުން ބައިވެރިވެ، 500އަށް ވުރެ ގިނަ ކުޅުންތެރިން ފެނިގެންދާނެ އެވެ.
މި މަހުގެ ނިޔަލަށް މި މުބާރާތް ކުރިއަށްގެންދަނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގަ އެވެ.
ތަފްސީލް - މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ދިރާގުން ވަނީ ހާއްސަ އޮފާތަކެއް ތައާރަފްކޮށްފަ އެވެ. އެގޮތުން:
ދިރާގު ކަސްޓަމަރުންނަށް ޕީއެސް5އެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
މުބާރާތް ކުރިއަށްދާ ކޮންމެ ދުވަހަކު ދަރިވަރުންނަށް ހާއްސަ އޮފާތަކެއް ދޭނެ
ފާހަގަކޮށްލެވޭ - މިއީ، 2013 އިން ފެށިގެން މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ ސްޓޫޑެންޓްސް ޔުނިއަން (އެމްއެންއެސްޔޫ)ން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރާއްޖޭގެ ކޮލެޖް އަދި ޔުނިވަސިޓީތަކުގެ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތެވެ.
މި މުބާރާތުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ފުޓްސަލް ހުނަރު ތަރައްގީކޮށް ކުޅުންތެރިން ބިނާކުރުމަށް އެހީތެރިވެދިނުމެވެ.
ދިރާގު އެމްއެންއެސްޔޫ ފުޓްސަލް ފިއެސްޓާ މިރޭ ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ