އުމުރުން ތިން އަހަރުގެ ނާފް މުހައްމަދު ތޯހާ, ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
ނާފް ނިޔާވީ އިންޑިއާގެ ރާޖަގިރި ހޮސްޕިޓަލް ގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ނާފް އަކީ ސިއްހީ ގިނަ މައްސަލަތަކަކަށް ފަރުވާ ހޯދަމުންދިޔަ ކުއްޖެކެވެ. ވިހެއުމުގެ ތެރޭ ނޭވާލާން އުދަގޫވެ ހުޅުމާލެ ހޮސްޕިޓަލްގައި އައިސީޔޫ ނެތުމުން އެމެޖެންސީކޮން އައިޖީއެމްއެޗަށް ބަދަލުކޮށް ވެންޓިލޭޓަރު ގައި ބާއްވައިގެން ފަރުވާދޭން ފެށި ފަހުން މިހާތަނަށް ގެންދިޔައީ ތަފާތު އެކި ސިއްހީ މައްސަލަ ތަކުގައި ފަރުވާ ހޯދަމުންނެވެ.
އަތްފައިގެ ހަރަކާތްމަދުވެ ރޯއަޑު އެއްވެސް ވަރަކަށް ނީވޭތީ އެކަމުގެ ސަބަބު ދެނެގަތުމަށް އުމުރުން އެންމެ ހަތަރު ދުވަހުގެ ތެރޭގައި ނާފް ވަނީ އެމްއާރްއައި އެއް ހަދާފަ އެވެ.
Advertisement
މި ޓެސްޓުގެ ނަތީޖާ އިން ސިކުޑީގައި ލޭކޮލެއް ގަޑުވެފައި ހުރިކަން އެނގުނެވެ. އެހެން ކަމުން އެމެޖެންސީކޮން އިންޑިއާގެ އާނަންދަޕޫރީ ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި 2022 ގެ ޖެނުއަރީ 14 އިން ފެބުރުއަރީ 24ށް އެ ހޮސްޕިޓަލްގައި ފަރުވާ ހޯދާފައިވެ އެވެ.
މީގެ ކުރީން ވެސް އާންމުންގެ ސަމާލު ކަމަށް އައި ނާފް ވަނީ މިހާތަނަށް ރާއްޖެއިން ބޭރު އަށް ހޮސްޕިޓަލްއަކުން ފަރުވާ ހޯދާފަ އެވެ. ނާފް އަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ކާން ދޭން ޖެހެނީ ބަނޑަށް ލައްވާފައިވާ ޕައިޕުންނެވެ. ނަމަވެސް އެކަމުގެ ސަބަބުން ވެސް އިތުރު މައްސަލަތައް ދިމާވެ އެތައް ފަހަރަކު ފަރުވާ ހޯދަން ޖެހިފައިވެ އެވެ.
ނާފްގެ ހާލަތުގެ ސަަބަބުން އެއްވެސް އެއްޗެއް ކާން އަދި ބޯން ދޭން އޮތީ މަނާކޮށްފަ އެވެ. އެހެން ކަމުން ޕައިޕު މެދުވެރިކޮށް ހަށިގަނޑުގެ ތެރެއަށް ފޮނުވަން ޖެހެނީ ވަކި ބާވަތްތަކެއްގެ އެއްޗެއްސެވެ. ފަހުން ޕީޑިއާ ގޯލްޑް ފިޔަވާ އިތުރު ނުދެވެ އެވެ.
މި އަހަރު އޭޕްރީލް ދެއަކުން 17 އަށް ނާފް ވަނީ ނިއުމޯނިއާ އަށް ވެސް ފަރުވާ ހޯދާފަ އެވެ. އަދި ހަށިގަނޑުގެ އެތޭގައި ހުރި ލިމްފް ނޯޑް ދެނެގަތުމަށް ބައެޕްސީ ހެދުމަށް އެމެޖެންސީކޮން އިންޑިއާގެ ރާޖަގިރި ހޮސްޕިޓަލް އަށް ގެންގޮސް އައިސީޔުގައި ގައި ފަރުވާ ދޭން ފެށި އެވެ.
ބައިޕްސީ ރިޕޯޓް އިން ދެއްކީ ކެންސަރުގެ ބާވަތެއް ކަމަށްވާ ކްލާސިކް ހޮޑްކިންސް ލިމްފޯމަށް ނާފް ޕޮސްޓިވްވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ދިފާއި ބާރު ދައްވުމާއި ފުއްޕާމޭ ކަނާތްފަރާތް އެއްކޮން ކޮލަޕްސްވުން ފަދަ މައްސަލަތައް ދިމާވި އެވެ.
މާތްﷲ, ތުއްތު ނާފްއަށް ސުވަރުގޭގެ އެންމެ މަތިވެރި ނިއުމަތް ދެއްވާށި އެވެ. އަދި ނާފްގެ ހިތްވަރު ގަދަ މައިންބަފައިންނަށް ކެތްތެރިކަން މިންވަރު ކުރައްވާށި އެވެ. އާމީން.
ތުއްތު ނާފު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ