ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު 3 ދުވަހުގެ ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރު ހަލީލް އިންޑިއާއަށް ވަޑައިގަންނަވަނީ ރާއްޖެ-އިންޑިއާ ހައިލެވެލް ކޯގްރޫޕުގެ ބައްދަލުވުމަކަށެވެ.
އެނގުން މުހިންމު - މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރުގައި އިންޑިއާއަަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ލީޑަރުން އެކުލަވާލެއްވި ތަސައްވުރު ތަންފީޒުކުރަން ދެ ގައުމުގެ ދެމެދު މަޝްވަރާކުރަން އެކުލަވާލި ގްރޫޕެކެވެ.
ތަފްސީލް - ފޮރިން މިނިސްޓަރުގެ ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރުއާ ވެސް ބައްދަލުކުރައްވާނެ ކަމަށް އިންޑިއާގެ މީޑިއާގައި ބުނެފައިވެ އެވެ.
ހައިލެވެލް ކޯގްރޫޕުގެ ބައްދަލުވުން އޮންނާނީ މާދަމާ އެވެ.
ގުޅުން ހުރި - ރާއްޖެ-އިންޑިއާ ކޯގްރޫޕުގެ ފުރަތަމަ ބައްދަލުވުން އޮތީ މިދިޔަ ޖެނުއަރީ މަހު ރާއްޖޭގަ އެވެ.
ފުރަތަމަ ބައްދަލުވުމުގައި 'އަ ވިޝަން ފޮ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް'ގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން:
ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން މަޝްވަރާކުރި
އެ މަޝްވަރާތަކުގައި އިގުތިސޯދީ، ސިއްހީ، ޑިޖިޓަލް ފައިނޭންސިން އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތައް ހިމެނޭ
ރާއްޖެ-އިންޑިއާ ގްރޫޕުގެ ބައްދަލުވުމަށް މިނިސްޓަރު ހަލީލް އިންޑިއާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ