ދިއްދޫ ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހއ. ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ދިއްދޫ ކަޕް 8 ވަނަ ފުޓްބޯޅަ މުބާރާތް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ދިއްދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމްޕަވަމެންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫއަށް ނިސްބަތްވާ ކުލަބް ޖަމިއްޔާތަކަށެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގެ ކުލަބް ޖަމިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ދިއްދޫގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް ޒުވާނުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ އިތުރުން ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރު ކުރުމަށާއި، ވާދަވެރި މާހައުލެއްގައި ޒުވާނުންނަށް ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު ހޯދައިދިނުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދެކެވެ.
އެގޮތުން މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ މެންދުރު 1 ގެ ކުރިން އެކަމަށް ފުރިހަމަކުރަން ޖެހޭ ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް ދިއްދޫ ކައުންސިލުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު ޖުލައި 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް (50000) ފަންސާސް ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް (10000) ދިހަހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކައުންސިލުން ވަނީ ނިންމާފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ