ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ޕްރިމިއަމް ޕާޓްނަރެއްގެ ގޮތުގައި މިނީސޯ އިން ސޮއިކޮށްފި އެވެ.
ތަފްސީލް - މި ޕާޓްނަޝިޕް އިއުލާނުކުރީ ދިރާގުގެ މައި އޮފީހުގައި ރޭ ބޭއްވި ފޯރިގަދަ ހަފްލާއެއްގަ އެވެ.
ގޭމް ސްޓޭޝަންތަކާއި މިއުޒިކާ އެކު ކުރިއަށްގެންދިޔަ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި:
ދިރާގުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއިލް ރަޝީދު
ސޮނީ ސްޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ކަލީމް
ދިރާގު އަދި ސޮނީ ސްޕޯޓްސްގެ އިސް ބޭފުޅުން
ގިނަ އަދަދެއްގެ ގޭމް ކުޅުންތެރިން
ބުނީ ކީކޭ؟ - "މި ޕާޓްނަޝިޕަކީ ރާއްޖޭގައި އީސްޕޯޓްސް ފުޅާކޮށް ތަރައްގީކޮށް، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތަށް ލިބޭ އިތުރު ބާރެއް،" ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ޑީޖީޖީން އަންނަނީ ރާއްޖޭގައި އީސްޕޯޓްސް ތަރައްގީކޮށް، ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޑީޖީޖީގައި 7،000އަށް ވުރެ ގިނަ ގޭމް ކުޅުންތެރިން ރަޖިސްޓަރީކޮށްފައިވެ އެވެ.
ދިރާގު ގޭމާސް ގިލްޑުގައި މިނީސޯއިން ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ