ތޫނު އެއްޗަކުން ހަމަލާ ދީ އައްޑޫ ހިތަދޫ، ވަރުދީގޭ އަހުސަން ބަޝީރު މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ އިބްރާހިމް ޝަހުމްގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މި މައްސަލައިގައި ޝަހުމް މެރުމަށް ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ 2022 ވަނަ އަހަރު އެވެ. މަރުގެ ހުކުމްތައް ކަށަވަރު ކުރުމަށް މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރަން ޖެހޭނެ އެވެ.
މަރުގެ ހުކުމްތައް ތަންފީޒު ކުރެވޭނީ، ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު އެވެ.
ދެ އަހަރު ފަހުން މައްސަލައިގެ އަޑުއެހުމެއް ކޯޓުން ތާވަލުކޮށްފައި ވަނީ، ނޮވެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއައި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ.
2011، މާޗު 16 ގެ ރޭ މެންދަމު 03:20 ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާ ދީ އަހުސަން މަރާލާފައި ވަނީ އަލިކިލެގެފާނުމަގާއި، މަޖީދީމަގާއި ގުޅުނު ކަންމައްޗާއި ވީ ހިސާބުން ސައިކަލެއްގައި ދިޔަ ދެ މީހަކެވެ. މި މައްސަލައިގައި ދައުލަތުން ޝަހުމްގެ އިތުރުން މއ. ވީނަސްތަރި، ހަސަން ޝިމާޒްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް މަރުގެ އަދަބު ދެވޭ ވަރަށް ކުށް ސާބިތު ވަނީ ޝަހުމްގެ މައްޗަށްކަމަށް ހައިކޯޓުގެ ނިންމުމުގައި ވެއެވެ.
މައްސަލައިގައި ދަށު ކޯޓުން ފުރަތަމަ ނިންމީ ޝަހުމް އާއި، ޝިމާޒްގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށެވެ. އެހެންވެ ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާކަމަށެވެ. އަދި ހައިކޯޓުން އެގޮތަށް ހުކުމް ކުރީ އަހުސަން މަރު ތަންމަތީގައި އޮވެގެން ބުނި ބަހަށް ބުރަދަން ދީގެންނެވެ. މިއީ މަރުމަތީ އޮވެ ބުނި ބަހެއް ހެއްކެއްގެ ގޮތުގައި ބެލި ފުރަތަމަ ފަހަރެވެ.
އެ މައްސަލައިގައި 2010 ގައި ޝަހުމް ހައްޔަރު ކުރުމަށް ފަހު، 2011 ގައި ބަންދުން ދޫކޮށްލީ ހެލްތް މިނިސްޓްރީގެ ރަސްމީ ލިޔުމެއް ނުލިބުމުންނެވެ. ބަޝީރަށް ހަމަލާ ދީ މަރާލާފައި ވަނީ، ޝަހުމް ޖަލުން ދޫވިތާ މާގިނަ ދުވަހެއް ނުވެ އެވެ. ޝަހުމް ހައްޔަރު ކުރީ އޭނާ ފިލައިގެން އުޅެނިކޮށެވެ.
ހުކުމް ކަށަވަރު ކުރަން ހުށަހެޅިތާ ދެ އަހަރު ފަހުން، ޝަހުމް މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުގައި ފަށަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ