ރައީސް ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ޕީޕީއެމްއިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ކޯޓުން އެ މައްސަލަ ބަލައިގެންފިއެވެ.
އިއްޔެ އިލެކްޝަންސް ކޮމިޝަނުން ބުނީ، ގޮތުގައި ރައީސް ޔާމީންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ބަލައިނުގަތް ސަބަބަކީ، ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ރައީސް ޔާމީނަށް އައިސްފައި ވުމެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ރިއާޔަތްކޮށް، އެ ކޮމިޝަނުން ނިންމީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އައިސްފައި ވުމާ އެކު، ރައީސް ޔާމީން އެ ހުކުމް ތަންފީޒުކޮށް، ނިމިފައި ނުވާ ކަން އެ މަނިކުފާނު ހުށަހަޅުއްވާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގޭ ކަމަށެވެ.
އެގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ. އަދި މި މައްސަލަ ރޭ ފަތިހު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.
ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ނިންމަން އެކޯޓަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.
ރައީސް ޔާމީންގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރިމް ކޯޓަށް ހުށަހަޅައިފައިވަނީ ޔާމީންގެ ފަރާތްޕުޅުން އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ހުށަހެޅުއްވުންގެ ނިންމުމަކީ ޞައްޙަ ނިންމުމެއްގެ ގޮތުގައި ނުދެކޭ ކަމަށް ޕީޕީއެމުން ބުނެއެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "a68855bae53a7e0660f65b5e6fbb2d33" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ