އިންތިހާބީ ހަމަނުޖެހުމުގައި ކާމިލު ދީދީ ސްކޫލަށް ލިބުނު ގެއްލުމަށް ޕީއެންސީން ޒިންމާވެއްޖެ

ވެރިކަން ކުރާ ޕީއެންސީ އިން ޖުލައި 11، ގައި ބޭއްވި އެތެރޭގެ އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ބެހެއްޓި ކާމިލު ދީދީ ސްކޫލުގައި ހިނގި ހަމަނުޖެހުމުގައި އެ ސްކޫލަށް ލިބުނު ގެއްލުމަށް އެ ޕާޓީން ޒިންމާވެއްޖެ އެވެ. 
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އަދަދު އަށް ވިދާޅުވީ ސްކޫލުގެ އެއް ދޮރުފަތުގެ ބިއްލޫރި އާއި ސައުންޑް ސިސްޓަމަށް ލިބުނު ގެއްލުމަށް ޕީއެންސީން ޒިންމާ ނަގައި، ބަދަލު ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. 
MU STORE
Villa College
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
"އެއް ދޮރުފަތުގެ ބިއްލޫރި، އަދި ސައުންޑް ސިސްޓަމްގެ މިކްސާގެ ދެ ބަޓަނަށް ގެއްލުންވި. ޕީއެންސީއިން ޒިންމާ ނަގާފައިވަނީ. ބަދަލު ދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައި،" މިނިސްޓަރު ވިދާޅުވި އެވެ. 
ޕީއެންސީ މެންބަރުން ކާމިލު ދީދީ ސްކޫލުގައި ހަމަނުޖެހުން ހިނގައި މާރާމާރީ ހިންގި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ހަމަނުޖެހުމުގެ ތެރެއިން ކާމިލު ދީދީ ސްކޫލުގައި ހަރަކާތްތެރިވި ޕީއެންސީގެ އުމުރުން ދުވަސްވީ މެންބަރަކަށް ވަނީ ޕެނިކް އެޓޭކެއް ޖެހިފަ އެވެ. އަދި ވަރަށް ގިނަ އެހެން މެންބަރުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ.
މާރާމާރީގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ ފުލުހުންގެ ގަޔަށް އަތްލައި، ފުލުހުން ކޮށްޕައި، އަމުރަށް ނުކިޔަންތެރިވެ، ވާޖިބު އަދާކުރަން ހުރަސްއަޅައިފަ އެވެ. އެ މަންޒަރު ފެންނަ ކިތަންމެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. 
މާރާމާރީގައި ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަރީފް (ހުސެއިންބެ) ގެ ދަރިކަލުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި ރައީސް އޮފީހުގެ ބައެއް މުވައްޒަފުންނާއި ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސީ މުވައްޒަފުން އެ މާރާމާރީގައި ބައިވެރިވި އެވެ.
މާރާމާރީ ހިންގީ މެންބަރު ހުސެއިންބެ ފޮނުވި ގްރޫޕަކުން ކަމަށް ޕީއެންސީގެ ބައެއް މެންބަރުން ތުހުމަތު ކުރެ އެވެ. އެކަމަކު ހުސެއިންބެ އެކަމަށް އިންކާރު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ