އުރުދުންގައި އީރާނުންދިން ހަމަލާއެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ އެކަކު ގެއްލިއްޖެ

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ބެލިސްޓިކް މިސައިލް އަދި ޑްރޯން ހަމަލާތަކެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އިތުރު ސިފައިންގެ މީހަކު ގެއްލިފައިވާ ކަމަށް އެމެރިކާގެ އަސްކަރީ އޮފިޝަލުން ހާމަކޮށްފިއެވެ.
މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާއިން ވަނީ އީރާނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދޭން ފަށާފައެވެ. ސެންޓްކޮމް އިން ބުނާ ގޮތުގައި، މިއީ ހޯރްމޫޒް ކަނޑުއޮޅިން ވިޔަފާރި އުޅަނދުފަހަރަށް ނުރައްކާ ކުރުމުގެ ގާބިލުކަން އީރާނުގެ ކިބައިން ނައްތާލުމަށާއި، އުރުދުންގައި ހިންގި ހަމަލާގެ ބަދަލު ހިފުމަށް ކުރިއަށްގެންދާ ހަމަލާތަކެކެވެ.
މި ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު 16 އަށް އަރާފައިވާއިރު، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ މަރުވި ސިފައިންގެ ގުރުބާނީއަށް އިހުތިރާމު އަދާކުރުގެ ގޮތުން ވާހަކަ ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ