ގެއްލިގެން ހޯދާ ކުއްޖާ އަދިވެސް ނުފެނޭ

މިދިޔަ މަހު ހުކުރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންހެން ކުއްޖާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ގެއްލިގެން ހޯދަމުން އަންނަނީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ، 14، ކަމަށެވެ.
ފުލުހުން ބުނީ އެ ކުއްޖާ ގެއްލިގެން އާއިލާ އން ފުލުހުންނަށް ރިޕޯޓްކުރި ހިސާބުން ފެށިގެން ހުއްޓުމެއް ނެތި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެކަމަކު އަދި މިހާތަނަށް ޔަލްވީގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ 9790163 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ