ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި އޯވީއެސް ހަމަޖައްސައި އެ ކްލަބުގެ މެންބަރުންނަށް އޯވީއެސްއިން ފޯރުކޮށްދޭ ފެޝަން އަދި ލައިފްސްޓައިލް އުފެއްދުންތަކުން ހާއްސަ ޑިސްކައުންޓް ލިބޭނެ މަގު ފަހިކޮށްދީފި އެވެ.
ތަފްސީލް - މި ޕާޓްނަޝިޕްގެ ދަށުން:
ރާއްޖޭގައި ހުންނަ އޯވީއެސް ފިހާރައިން ވިޔަފާރިކުރާ ދިރާގު އެލީޓް ކްލަބުގެ މެންބަރުންނަށް ވިޔަފާރީގެ ބިލުން %10 ޑިސްކައުންޓް ލިބޭނެ
5،000ރ. އިން މަތީގެ ބިލުތަކަށް %20 ޑިސްކައުންޓް ލިބޭނެ
ބިލު ދައްކާއިރު ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ އެވެ.
އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑެއް ކަމަށްވާ އޯވީއެސްއަކީ ޒަމާނީ އަދި ހިތްގައިމު ފޭރާމާއި އެކްސެސަރީޒް އަދި ލައިފްސްޓައިލްގެ ތަފާތު އުފެއްދުންތައް ހެޔޮ އަގުގައި ފޯރުކޮށްދޭ ބްރޭންޑެކެވެ.
ބައިނަލްއަގުވާމީ ފެޝަންގެ އާ އޮއިވަރުތަކާއި ދުވަހުން ދުވަހަށް ބޭނުންކުރަން ފަސޭހަ ފަރުމާތައް އެކުލަވާލައިގެން މުދާ ފޯރުކޮށްދޭ އޯވީއެސްއަކީ މިހާރު ރާއްޖޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ބްރޭންޑެކެވެ.
ފާހަގަކޮށްލެވޭ - ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ.
ދިރާގުން އަންނަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.
އޯވީއެސް ފިހާރަ ދިރާގު އެލީޓް ކްލަބަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ