ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 4،121 މީހުންނަށް ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މި ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ އިންތިހާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ފަރާތުން އަހްމަދު ސައީދު އަދި އެމްޑީޕީގެ ފަރާތުން އަބްދުﷲ ސޯދިގުއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.އެއީ އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ޖުމްލަ 5 ވޯޓު ފޮށްޓާއި މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައި 2 ވޯޓު ފޮށްޓެވެ.
މި ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ. ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
ފިތުނަ އުފައްދައިގެން ކޮންގްރެސް ކޯލިޝަން ބައިބައެއް ނުކުރެވޭނެ: އަބްދުއްރަހީމް އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވާނީ ސިޔާސީ ކަންކަމުގައި ކުޑަކުދިން ބައިވެރިނުކުރުމަށް މިނިސްޓަރު އިހުސާން އިލްތިމާސް ކުރައްވައިފި ޝެއިހް ނިޝ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ