މާޒީ ހަނދާން ނައްތާލުމަށްފަހު ތާރާ އާ ފެށުމަކުން ދިރިއުޅުން ފަށަން ނިންމިކަން އިއުލާނުކޮށްފި
މިދިޔަ މަހުގެ ކުރީކޮޅު ލޯބިވެރިޔާ ވީރް ޕަހަރިޔާއާ އެކު ގުޅުން ނިމުމަކަށް ގެނައި ބޮލީވުޑްގެ ބަތަލާ ތާރާ ސުތާރިއާގެ ދިރިއުޅުން މުޅިން އާ ފެށުމަކުން ފަށަން ނިންމާފައިވާކަން ބަތަލާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފިއެވެ. ތާރާ ވަނީ މުމްބާއީގެ އެންމެ އަގުބޮޑު ސަރަހައްދުން ގެއެއް ގަނެ އެ ގޭގައި ނަގާފައިވާ ފޮޓޯތަކެއް ދާދި ފަހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި ފޮޓޯތައް އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރަމުން ކެޕްޝަނެއްގެ ގޮތުގައި ބަތަލާ ލިޔުނީ "ނިއު ބިގިނިންސް" މިހެންނެވެ. އާ އަހަރު ފެށުނީ ތާރާއަށް ހިތާމަ އާއި މޮޅިވެރިކަން ގެނެސްދިނުމަށްފަހު ކަމަށްވިޔަސް މުޅިން އާ ގެއަކަށް ބަދަލުވުމާ އެކު ދިރިއުޅުމުގެ އުއްމީދުތައް އާ ވެއްޖެކަމަށާއި ކުރިއަށްހުރި ދުވަސްތަކަކީ އުފާވެރި ދުވަސްތަކަކަށްވާނެ ކަމަށް އުއްމީދުކުރާ ކަމުގައި ތާރާ ވަނީ ބުނެފައެވެ. ތާރާ ދާދިފަހުން މުމްބާއީގައި ގަނެފައިވާ ގޭގައި--ފޮޓޯ/ފިލްމުފެއަ ޒުވާން އެކްޓަރު ވީރް ޕަހަރިޔާއާ އާއި ތާރާގެ ލޯބީގެ ގުޅުމަށް ނިމުން ގެނައިކަން ދެ މީހުން ވެސް މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ދެ ތަރިންނާ ގުޅުންހުރި ފަރާތްތަކުން އިންޑިއާގެ އެކި މީޑިއާތަކަށް އެ ޚަބަރު ވަނީ ފޯރުކޮށްދީފައެވެ. މީގެކުރިން ފިލްމީ ހަފުލާތަކުންނާއި ޕާޓީތަކުން އެކީގައި ފެންނަން ފެށި ދެ ލޯބިވެރިންގެ ލޯބީގެ ގުޅުން މިދިޔަ އަހަރު ސޯޝަލް މީޑިއާގައި ވެސް ވަނީ އިއުލާނުކޮށްފައެވެ. ތާރާ އާއި ވީރްގެ ގުޅުމާ މެދު ގިނަ ބަޔަކު އުފާ ފާޅުކުރިއިރު ދެ މީހުންގެ ވަކިވުމާ ގުޅިގެން ސަޕޯޓަރުންނަށް ވެސް ވަނީ މާޔޫސްކަން ގެނުވައިދީފައެވެ. ތާރާ ސުތާރީއާ އަދި ވީރް ޕަހަރިޔާ--ފޮޓޯ/ފިލްމުފެއަ ތާރާ އާއި ވީރްގެ ލޯބީގެ ގުޅުމަށް ނިމުމެއް އައި ކަމަށް ގިނަ ބަޔަކު ބުނެފައި ވަނީ، ބަތަލާ ބައިވެރިވި އޭޕީ ދިލޮންގެ މިއުޒިކް ކޮންސެޓްގައި އޭޕީ ދިލޮންއާ އެކު މާ ގައިގޯޅިކޮށް އުޅުމުން ވީރްއާ އުފެދުނު ދެބަސްވުން އުފެދުނު ކަމަށް ބުނެއެވެ. ނަމަވެސް އެ ކޮންސެޓާ ގުޅިގެން އާއްމުން ދައްކަމުންދިޔަ އެ ވާހަކަތައް ތާރާ އާއި ވީރް ވެސް ވަނީ ދޮގުކޮށްފައެވެ. ތާރާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހުގެ 19ގައި ސިނަމާތަކަށް ގެންނަ ވަރުގަދަ ފިލްމު "ޓޮކްސިކް"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ