ސަރުކާރުން އަލަށް ތަރައްގީކުރާ 10 ރިސޯޓަކުން ލިބޭ ފައިދާގެ ބޮޑު ބައެއް، ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޑޮލަރުން ޖަމާކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ރިސޯޓް ފަދަ ގުދުރަތީ ވަސީލަތްތަކުގެ ހަގީގީ ވެރިންނަކީ ދިވެހި ރައްޔިތުން ކަމަށްވާތީ، އޭގެ މަންފާ ސީދާ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
މަޝްރޫއު ކުރިއަށްދާނެ ގޮތް: ކެބިނެޓުގައި މަޝްވަރާކުރައްވައި ނިންމަވާފައިވާ ގޮތުގެ މަތިން، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް 3 އަހަރު ތެރޭގައި މަދުވެގެން 10 ރިސޯޓް ތަރައްގީ ކުރެވޭނެއެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންނަކީ މި 10 ރިސޯޓްގެ ހިއްސާދާރުންކަމަށް ގާނޫނަކުން ކަނޑައަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފައިސާ ލިބޭނެ މިންވަރާއި ތާރީޚް: މި ރިސޯޓްތަކުން ލިބޭ ފައިދާ، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް އަހަރަކު އެއްފަހަރު ޑޮލަރުން ޖަމާކޮށްދޭނެއެވެ.
މިކަން ހަގީގަތަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި މީގެ އިތުރުން ރިސޯޓް ނެތް ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް އިތުރު ރިސޯޓްތައް ތަރައްގީ ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޗާގޯސް މައްސަލަ: ރައީސް ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެންނަން ނިންމައިފި ރިޔާސީ ބަޔާން އިއްވާތީ އަންނަ މަހުގެ 5 ވަނަ ދުވަސް ބަންދުކުރަން ނިންމައިފި އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ- ރައީސް މި މަހު ފުލެޓު ލިސްޓު އާންމުކޮށ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ