ބޮޑު ދަރަންޏެއް ދައްކައިފި، ރިޒާވް ދަށަށް، ޔޫޒަބަލް ރިޒާޒްގައި ހުރީ 248 މިލިއަން ޑޮލަރު

ރާއްޖޭގެ ރަސްމީ ރިޒާވުން ބޮޑު ދަރަންޏެއް ދެއްކުމާ ގުޅިގެން، ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫސަބަލް ރިޒާވްގެ މިންވަރު ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިހާރު ޔޫސަބަލް ރިޒާވްގައި ހުރީ 248.9 މިލިޔަން ޑޮލަރެވެ.
މިއީ ނިމިދިޔަ މޭ މަހާ އަޅާބަލާއިރު 18 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. ނަމަވެސް، ރާއްޖޭގެ ޖުމްލަ ރިޒާވް އަދިވެސް ހުރީ 600 މިލިޔަން ޑޮލަރަށްވުރެ މަތީގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިހާރު ހުރި ޔޫސަބަލް ރިޒާވްގެ މިންވަރަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 23 އިންސައްތައިގެ ކުރިއެރުމެކެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުމެވެ. މިކަމާ ގުޅިގެން އެމްއެމްއޭއިން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު ވަނީ 43 އިންސައްތަ އިތުރުވެފައެވެ.
އިގްތިސާދީ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން މިހާތަނަށް ރިޒާވުން ޖުމްލަ 645 މިލިޔަން ޑޮލަރު ވަނީ މަދުވެފައެވެ. މިއީ ދައުލަތުގެ ބޭރުގެ ދަރަނިތައް އަދާކުރުމަށާއި ބާޒާރުގެ ޑޮލަރުގެ ހަމަހިފެހެއްޓުމަށް ކުރެވުނު ހޭދަތަކުގެ ސަބަބުން އައި ބަދަލެއް ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ