ދުނިޔޭގެ މަގުބޫލުކަމުގައި ޗައިނާއިން އެމެރިކާ ފަހަތަށް ޖައްސާލައިފި

ދުނިޔޭގެ ގިނަ ގައުމުތަކުގައި އެމެރިކާއަށް ވުރެ ބޮޑަށް ޗައިނާއާ މެދު ދެކޭ ގޮތް ރަނގަޅުވެފަވާ ކަމަށް ޕިއު ރިސާޗް ސެންޓަރުން ކުރި އާ ދިރާސާއަކުން ދައްކައިފި އެވެ.
މިއީ އެ ޖަމިއްޔާގެ ތާރީހުގައި މިފަދަ ނަތީޖާއެއް ރެކޯޑުކުރެވުނު ފުރަތަމަ ފަހަރެވެ.
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
Villa College
MU STORE
އެމެރިކާގެ މިނިވަން ތިންކް ޓޭންކެއް ކަމަށްވާ ޕިއު ރިސާޗް ސެންޓަރުގެ މި ހޯދުންތަކުން އެނގޭ ގޮތުގައި، ގިނަ ގައުމުތަކެއްގައި ޗައިނާއާ މެދު އޮތް ތާއީދު ރެކޯޑު މިންވަރަކަށް މަތިވެފައިވާއިރު، އެމެރިކާއާ މެދު ދެކޭ ގޮތް ވަނީ ކުރިއަށްވުރެ ގޯސްވެފަ އެވެ.
އާންމު ގޮތެއްގައި މި ދިރާސާގައި ބައިވެރިވި މީހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ މެދު ވެސް މާ ބޮޑު އިތުބާރެއް ނެތްކަން ހާމަކޮށްފައިވެ އެވެ. ނަމަވެސް، ޓްރަމްޕަށް ވުރެ ބޮޑަށް ޝީއަށް އޮތް އިތުބާރުގެ މިންވަރު މަތިކަން ފާހަގަކުރެވެ އެވެ.
އަމިއްލަ މިނިވަންކަމަށް އިހުތިރާމްކުރުމުގައި ޗައިނާއަށް ވުރެ އެމެރިކާ ކުރީގައި އުޅޭ ކަމަށް ގަބޫލުކުރެވުނު ނަމަވެސް، އެހެން ގައުމުތަކުގެ ދާހިލީ ކަންކަމާ ބެހުމުގެ މައްސަލައިގައި އެމެރިކާއަށް ވުރެ ޗައިނާގެ ނުފޫޒު ކުޑަ ކަމަށް މި ދިރާސާއިން ދައްކަ އެވެ.
މިދިޔަ ފެބްރުއަރީ މަހާއި މެއި މަހާ ދެމެދު ޕިއު ރިސާޗް ސެންޓަރުން ކުރިއަށްގެންދިޔަ މި ސާވޭގައި ދުނިޔޭގެ 36 ގައުމަކުން 42،000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.
މި ދިރާސާގައި ބައިވެރިވި މީހުންނާ ސުވާލުކޮށްފައިވަނީ ދުނިޔޭގެ މި ދެ ބާރުގެ މެދުގައި އެމީހުންގެ ހިތްތަކުގައި އޮތް ތާއީދުގެ މިންވަރާ ގުޅޭ ގޮތުންނެވެ. އެގޮތުން އެއީ ވަރަށް ބޮޑު ތާއީދެއްތޯ، ކޮންމެވެސް ވަރެއްގެ ތާއީދެއްތޯ، ނުވަތަ އެއީ ނުރުހުންތެރިކަމެއްތޯ ވަނީ އޮޅުންފިލުވާފަ އެވެ.
މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން، ސާވޭ ކުރެވުނު 36 ގައުމުގެ ތެރެއިން 25 ގައުމެއްގައި އެމެރިކާއަށް ވުރެ ބޮޑަށް ޗައިނާއަށް ތާއީދުކުރާ މީހުންގެ އަދަދު ގިނަ އެވެ.
މީގެ ކުރިން ވެސް އެމެރިކާއަށް އޮތް ތާއީދު ދަށްވި ދެ ދަނޑިވަޅެއް ޕިއު ރިސާޗް ސެންޓަރުން ވަނީ ފާހަގަކޮށްފަ އެވެ. އެއީ 2008 ވަނަ އަހަރު ޖޯޖް ޑަބްލިއު ބުޝްގެ ސަރުކާރު ނިމެން ކައިރިވެފައި ވަނިކޮށް އަދި 2017 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ދައުރު ފެށުނު ދުވަސްވަރެވެ.
ނަމަވެސް، އެ ދުވަސްވަރު ވެސް ޗައިނާއަށް އޮތް ތާއީދު ހުރީ އެމެރިކާއާ އެއްވަރެއްގައި ނުވަތަ އެއަށްވުރެ ކުޑަކޮށް ދަށުގަ އެވެ.
އެމެރިކާއަށް އޮތް ތާއީދު ކުޑަވެ، ޗައިނާއާ ދިމާލަށް އެންމެ ބޮޑަށް ލެނބުނު ގައުމުތަކުގެ ތެރޭގައި ސްޕެއިން، އިންޑޮނޭޝިއާ، އިޓަލީ، ގްރީސް އަދި ކެނެޑާ ހިމެނެ އެވެ.
މި އަހަރުގެ ސާވޭއިން ދައްކާ ގޮތުގައި، އަދިވެސް ޗައިނާއަށް ވުރެ ބޮޑަށް އެމެރިކާއަށް ތާއީދުކުރަނީ އެންމެ ހަ ގައުމެއްގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ގާތް އެކުވެރި ގައުމުތައް ކަމަށްވާ ޕޮލެންޑް، ފިލިޕީންސް، ދެކުނު ކޮރެއާ، އިންޑިއާ، ޖަޕާން އަދި އިޒްރޭލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ