ކޮންގޯގެ ޖަންގަލިތަކުން އާ ބާވަތެއްގެ ރާމާމަކުނެއް ފެނިއްޖެ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ޖަންގަލިތަކުގައި ދިރިއުޅޭ، ފިޔާތޮށި ކުލައަކަށްދާ އޮރެންޖު ކުލައިގެ ތުންފަތަކާއި ކަޅު މޫނެއް ހުންނަ ރީތި ރާމާމަކުނަކީ، ސައިންސްގެ ދާއިރާއިން މުޅިން އަލަށް ފެނުނު ބާވަތެއްކަން ކަށަވަރުވެއްޖެ އެވެ.
ކަޅު ކުލައިގެ ކެހެރިގަނޑެއް އޮންނަ މި ރާމާމަކުނު ފެނިފައިވަނީ އެ ގައުމުގެ މެދުތެރޭ އިރުމަތީގައި އޮންނަ ލޮމާމީ ނޭޝަނަލް ޕާކުގެ ހިޔާބޮޑު ގަސްތަކުގެ ތެރެއިންނެވެ. އަދި އެ ސަރަހައްދުން މީގެ ފޮޓޯ ވެސް ވަނީ ނަގާފަ އެވެ.
MU STORE
Villa College
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
އެ ސަރަހައްދުގައި މަސައްކަތްކުރާ ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކަށް، ތަފާތު ސިފައެއް ހުރި މި ޖަނަވާރު އެންމެ ފުރަތަމަ ފެނިފައިވަނީ 2008 ވަނަ އަހަރު އެވެ. ނަމަވެސް އެ ފަހަރު އެމީހުންނަށް ނެގުނީ ސާފުނުވާ އެންމެ ފޮޓޯއެކެވެ.
އޭގެ 10 އަހަރު ފަހުން މި ރާމާމަކުނު އަލުން ފެނުމާ ގުޅިގެން، ބައިނަލްއަގުވާމީ ޓީމަކުން ވަނީ މީތި ހޯދައި ދިރާސާކުރުމުގެ މަސައްކަތް ފަށާފަ އެވެ. އަދި މި ދިރާސާތަކުން އެނގުނު ގޮތުގައި މިއީ މީގެ ކުރިން ސައިންސްވެރިންނަށް އެނގިފައި ނުވާ މުޅިން އާ ބާވަތެކެވެ.
މިއީ ވޭތުވެދިޔަ 75 އަހަރުގެ ތެރޭގައި އެފްރިކާއިން އަލަށް ފެނުނު ރާމާމަކުނުގެ ފަސްވަނަ ބާވަތެވެ.
ފްލޮރިޑާ އެޓްލާންޓިކް ޔުނިވާސިޓީގައި ޕީއެޗްޑީއަށް ކިޔަވަމުންދާ ޖޫނިއާ އަމްބޯކޯ އިސްވެ ހުރެ ކުރިއަށްގެންދިޔަ މި ހޯދުންތަކުގައި، ރާމާމަކުނުގެ އަޑު ރެކޯޑުކުރުމާއި، ފޮޓޯ ނެގުމުގެ އިތުރުން ޖެނެޓިކްސްއާ ގުޅޭ ތަފްސީލީ ދިރާސާތަކެއް ވަނީ ކޮށްފަ އެވެ.
މި ހޯދުންތަކުގެ ތަފްސީލުތައް މިހާރު ވަނީ ސައިންޓިފިކް މަޖައްލާއެއް ކަމަށްވާ "ޕްލޮސް ވަން" ގައި ޝާއިއުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ