އީރާނާއެކު ކުރަމުންދާ ހަނގުރާމަ، ކަނޑައެޅި މަގްސަދުތައް ހާސިލުނުވި ނަމަވެސް، ވީހާވެސް އަވަހަކަށް ހުއްޓާލައި އެމެރިކާ ސިފައިން އެނބުރި އައުމަށް އެ ގައުމުގެ ގިނަބަޔަކު ބޭނުންވާކަން ރޮއިޓާސް އާއި އިޕްސޯސް ގުޅިގެން ކުރި ސާވޭއަކުން ހާމަވެއްޖެއެވެ.
މި ސާވޭގެ ނަތީޖާތަކަށް ބަލާއިރު، ޓްރަމްޕްގެ ސަރުކާރުން ހަނގުރާމައިގައި ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުވަންދެން މަޑުކުރުމަށްވުރެ، ރައްޔިތުން އިސްކަންދެނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ. ހަނގުރާމަ ދިގުލައިގެން ދިޔަ ނަމަވެސް މަގްސަދުތައް ހާސިލުކުރަން ބޭނުންވަނީ އެންމެ 27 އިންސައްތަ މީހުންނެވެ.
މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އީރާނަކީ ދުނިޔޭގެ ބާޒާރަށް ގިނަ އަދަދަކަށް ތެޔޮ ފޯރުކޮށްދޭ ގައުމަކަށް ވުމާއި، ތެޔޮ އުފުލާ މުހިންމު ކަނޑުގެ މަގުތައް ހަނގުރާމައިގެ ސަބަބުން ބަންދުވެފައި އޮތުމުން، ދުނިޔޭގެ އިގްތިސާދަށް ވަނީ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލުމުގެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ. މީގެ ސީދާ އަސަރު އެމެރިކާގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަނީ ކުރަމުންނެވެ.
އީރާން ހަނގުރާމަ ހުއްޓާލަން އެމެރިކާގެ ގިނަބަޔަކު ބޭނުން: ސާވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ