އަންނަ ހޮނިިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބައި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުސޫލުތަކެއް ހެދިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ އިންތިޚާބުގައި އިލެކްޝަން ކޮމިޝަނުން ވޯޓުގެ ސިއްރުކަން ގެއްލޭނެ ފަދަ ގޮތަކަށް ކަންކަން ރާވަމުން އަންނަކަމަށް ބުނެ، ބައެއް ސިޔާސީ ފަރާތްތަކުން ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކަށް ރައްދުދެއްވައި، އިލެކްޝަނުން ކޮމިޝަނުން ބުނެފައިވަނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި، ރައްޔިތުންނަށް ބޭނުން ކޮންމެ ގޮތަކަށް ވޯޓު ދެވޭނެ ކަމުގެ ޔަގީންކަން އެކޮމިޝަނުން އަރުވާ ކަމަށެވެ.
މީގެ އިތުރުން، އެ ކޮމިޝަންގެ މަސައްކަތާމެދު އާންމުންގެ މެދުގައި ސުވާލުއުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވޭ ކަމަށާއި، މިއީ އެއްވެސް އަސާސެއް ނެތް ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ. އަދި މިފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާކަމަށް ވެސް އެކޮމިޝަނުން ބުނެފައިވެއެވެ.
ވޯޓުލުމުގެ އެންމެހައި މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށާއި، އަދި ހަމަޖެހިފައިވާ ގޮތަށް ކޮންމެ މީހަކަށް ވެސް ތިން ކަރުދާސް އެ މީހަކު ބޭނުންވާ ގޮތަކަށް ވޯޓުލުމަށް ދޫކުރާނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.
ވޯޓްގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެ: އިލެކްޝަން ކޮމިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ